Roadha Mihaaru
ބީނާފުށި ސަރުކާރުން އަތުލީ ރަނގަޅަށް: ކޯޓު

ޔޮޓް ޓުއާސް އަތުން ބީނާފުށި ސަރުކާރުން އަތުލީ ރަނގަޅަށް: ކޯޓު

28 ޑިސެމްބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް ދިން ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް ދިން ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކޯޓުން އެގޮތަށް ނިންމީ ރިސޯޓް ހެދުމަށް ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސޭންޑް ބޭންކް 2013 ގައި ސަރުކާރުން ޔޮޓް ޓުއާސް އަށް ދީފައި ވަނިކޮށް އެތަނުުގެެ އެއްބަސްވުން އުވާލައި، އެތަން އަތުލި މައްސަލަ ޔޮޓް ޓުއާސް އިން ކޯޓަށް ހުށަހެޅުމުންނެވެ. އެ ދެ ތަން ސަރުކާރުން އަތުލީ އެ ތަނުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާތީ އެވެ.

ކޯޓުގެ ހުކުމުގައިވަނީ ކުލި ނުދައްކާ ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށާއި އެ ތަނުގެ ކުއްޔާއި ޖޫރިމަނާ އަށް ޔޮޓް ޓުއާސް އިން އެއްބަސްވެފައި ވިޔަސް އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެ ދެ ތަނުގެ އެއްބަސްވުން އުވާލައި، ސަރުކާރުން ފޮނުވި ނޯޓިސްއަކީ އެއްބަސްވުމާ އެއްގޮތަށް ފޮނުވި ނޯޓިހެއް ކަމަށާއި އެހެންވެ އެ ނޯޓިސް ބާތިލް ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ކޯޓުގައި އޮތުމުން އެ ދެ ތަން އެހެން ބަޔަކަށް ދިނުން ހުއްޓުވަން ވެސް ޔޮޓް ޓުއާސް އިން ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުން ކުރިން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.