ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާ ގާނޫނަކަށް ރާއްޖެ ތައްޔާރު ނޫން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
31 މެއި 2022
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާ ގާނޫނަކަށް ރާއްޖެ ތައްޔާރު ނޫން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުނި މެނޭޖު ކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ.
އެ ބިލުގައިވާ ގޮތުން ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.
އެ މާއްދާ އަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ މާލޭގައި އެއް އެޕާޓްމަންޓެއްގައި ގިނަ އާއިލާތަކެއް އެއްކޮށް ދިރިއުޅެމުން އަންނަ އިރު ކޮންމެ އާއިލާއަކުން ތިން ކޮތަޅު ނެރެ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހޭ ނަމަ އާއިލާތަކަށް ދަތިވާނެ ކަމަށެވެ.
"ގޭގޭގައި މި ބުނަނީ ތިން ކޮތަޅަށް ކުނި އަޅާށޭ. އެއް ގެ އެބަ ޝެއާ ކުރޭ ހަތަރު ފަސް އާއިލާ. ދެން ކުނި ބާލާފައި އަޅަން ވެސް މިޖެހެނީ އެއް ލޮރީ އަށް. ދެކޮޅު ނުޖެހޭ ކަންކަން ކުރީމަ ރައްޔިތުންނަށް އުނދަގުލަކަށް ވާނީ،" ސައީދު ވިދާޅުވި އެވެ.
އާމްދަނީ ހޯދަން ކޮތަޅު ޓެކްސް ނަގައިގެން 48 މިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އެއީ މޮޅު ކަމެއްގެ ގޮތުގައި މަޖިލީހުގައި ފާހަގަ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.
ޑެންމާކާއި ނޯވޭ ފަދަ ގައުމުތަކުން އަމަލު ކުރަމުން އަންނަ މިފަދަ ގާނޫނެއް ތަރުޖަމާ ކޮށްލައިގެން ރާއްޖޭގައި ތަންފިޒެއް ނުކުރެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މާލެ އާއި އަތޮޅުތައް މިކަމަކަށް އަދި ތައްޔާރެއް ނުވޭ، ރައްޔިތުން ބޭނުން ވަނީ އަވަސް ނަތީޖާތަކެއް ހޯދަން، ތަރައްގީ ގެންނަން،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ގޭބިސީތަކުން އުފައްދާ ކުންޏަށް ވުރެ މައްސަލަ ބޮޑީ އިންޑަސްޓްރިއަލް ވޭސްޓް ކަމަށާއި ރިސޯޓުތަކުން އުފައްދާ ކުނި ތިލަފުއްޓާ ހަމަޔަށް ގެންނަން ދޯންޏަކަށް ލައްކައެއްހާ ރުފިޔާ ދޭން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
ނަމަވެސް ގިނަ ފަހަރަށް އެ ފަރާތްތަކުން ގޮސް ކުނި އުކާލާނީ ޓޫރިޒަމްގެ މުހިންމު ސަރަހައްދުތަކަށް ކަމަށާއި އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ބޭނުންވީމަ ކުނި އެބަ އަޅާ ވޭލް ޝާކް ޕޮއިންޓަށް މިޔަރު ޕޮއިންޓަށް މަންތާ ޕޮއިންޓަށް. އެކަމަކު އާންމު ރައްޔިތުން މި ޖެހެނީ ފައިސާ ދީގެން ގޭގައި ތިން ކޮތަޅު ބައިންދަން ކޮތަޅަކަށް ދެ ރުފިޔާ ދީގެން." ސައީދު ވިދާޅުވި އެވެ.
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
ފިހާރަތަކުން ދޭ ކޮތަޅު ގަންނަން މަޖުބޫރު ކުރާ ގާނޫނެއް
ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ކޮމިޓީ އަށް
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ފޮރިން ސާވިސް ބިލަށް ސައީދުގެ ތުހުމަތެއް
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
"ސޭފް ޓޫރިޒަމް ގެންނަނީ އެ ދާއިރާއާ މަޝްވަރާ ނުކޮށް"