ވަކި ހިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން ސާވިސް އުފައްދަން ސަކާރުން ހުށަހެޅި ބިލުގައިވާ މާއްދާއަކާ މެދު މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
28 ޖޫން 2021
ވަކި ހިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން ސާވިސް އުފައްދަން ސަކާރުން ހުށަހެޅި ބިލުގައިވާ މާއްދާއަކާ މެދު މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ބަހުސްގައި ސައީދު ތުހުމަތު ކުރެއްވި ގޮތުގައި ފޮރިން ސާވިސް ބިލުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި، ބިލުގެ މަގުސަދެއްގެ ގޮތުގައި "ސަރަހައްދުގެ ރައްކާތެރިކަން"، މި އިބާރާތް ހިމަނާފައި ވުމަކީ ނުރައްކާތެރި ކަމެކެވެ. އެ މާއްްދާ އޭނާ މާނަކުރެއްވީ އެއީ ސަރަހައްދީ ގައުމުތަކުގެ މަސްލަހަތު، އެ ގާނޫނަށް ވައްދަން ހިމަނާފައިވާ މާއްދާއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ ރާއްޖޭގެ އެއްގަމާއި ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، ރާއްޖޭގެ އިތުުރުން ސަރަހައްދުގެ ވާހަކަ އޮތް އޮތުމަކީ އެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ކޮށްފައިވާ ކަމެއް ކަމަށެެވެ.
"ދިވެހިރާއްޖެއަކީ ދިވެހިރާއްޖޭގެ އީއީޒެޑާއި ރާއްޖެ އަށް އދ. ގައި ރެޖިސްޓާ ކުރެވިފައި އޮންނަ ސަރަހައްދާއި ހުރިހާ ކަނޑާއި، އެއްގަމާ ވަޅާއި ވަޅު ފަދަ ތަންތަން ހިމެނޭ ގޮތަށް، ރައްޔިތުން ހިމެނޭ ގޮތަށް. އޭގެ އިތުރަށް ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން އަންނާތީ އަޅުގަނޑު ކަންބޮޑު ވަނީ،" ސައީދު ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވާހަކަ ދައްކަވަން ފެއްޓެވުމުން، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އޭނާ އަަށް ރައްދު ދެއްވި އެވެ. ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ ބިލުގައި "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ ރާއްޖޭގެ ސަރަހައްދުކަން ސައީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެނޫން ގޮތަކަށް މާނަކުރެއްވުމަކީ ކަނޑައެޅިގެން އޮޅުވައިލެއްވުން ކަމަށެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ބިލުގައި "ސަރަހައްދުގެ ރައްކާތެރިކަން" ކަމަށް ބުނެފައި އެވަނީ އެހެން ބައެއްގެ ސަރަހައްދުގެ ވާހަކަ ކަމަށް ސައީދު ވިދާޅުވީ ބިލާ ގުޅުވައިގެން ފިތުނަ އުފައްދަން ކަމަށެވެ.
"ރާއްޖޭގެ މި ކަނޑުގެ ސަރަހައްދު ހިމެނޭހެން ލިޔެފައި އޮތް އިބާރާތެއް، ސަރަހައްދީއޭ ކިޔައިގެން އެހެން ގައުމުތަކުގެ ސަރަހައްދަށް ފުޅާކޮށްގެން ހަމަ ގަސްދުގައި މީގެ ތެރެއިން ފިތުނައެއް އުފައްދަވަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ވާހަކަ ދައްކަވާތީ އަޅުގަނޑު ކަންބޮޑުވޭ،" ވައްޑެ ވިދާޅުވި އެވެ.
ފޮރިން ސާވިސް ބިލާ ބެހޭ ގޮތުން ސައީދު ފާޅުކުރެއްވި އަނެއް ކަންބޮޑުވުމަކީ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި ފޮރިން މިނިސްޓަރަށް ދީފައިވާ ބާރުތައް ގިނަ ކަމުގެ ކަންބޮޑުވުމެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވެސް ވިދާޅުވީ ކޮމިޓީ މަރުހަލާގައި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާން ގުޅި: އާދަމް ޝަރީފް
ފަހުން 18 އަހަރުފުރުނު ޒުވާނުންނަށް ވޯޓުލެވެން ޖެހޭ
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް