28 ޑިސެމްބަރ 2016
މިދިޔަ ހޮނިހިރު ދުވަހު ފަތިހު، ފަތިސް ނަމާދަށް ފަހު ހަލީމާ އާދަމް ގޭގެ ދޮރު ހުޅުވާލީ ރަށުތެރެ ކުނިކަހަން ދާށެވެ. އެކަމަކު އެވަގުތު އޭނާގެ ކުރިމައްޗަށް އެރީ ހުސް ސޯޓުކޮޅެއް ލައިގެން، މޫނުމަތީގައި ގަނޑުގަނޑަށް ހުދު ފުށް ޖަހައިގެން ހުރި މީހެކެވެ. އެއީ ކާކުކަން އޭނާ އަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު ސިފަ ނާންގަން ވެގެން އެގޮތަށް ހުރީ ކީއްވެގެންތޯ ސުވާލުކުރުމުގެ ކުރިން ހަލީމާގެ މޫނަށް ޖެހީ ލައްފިލުވަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ފަތިހު، ފަތިސް ނަމާދަށް ފަހު ހަލީމާ އާދަމް ގޭގެ ދޮރު ހުޅުވާލީ ރަށުތެރެ ކުނިކަހަން ދާށެވެ. އެކަމަކު އެވަގުތު އޭނާގެ ކުރިމައްޗަށް އެރީ ހުސް ސޯޓުކޮޅެއް ލައިގެން، މޫނުމަތީގައި ގަނޑުގަނޑަށް ހުދު ފުށް ޖަހައިގެން ހުރި މީހެކެވެ. އެއީ ކާކުކަން އޭނާ އަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު ސިފަ ނާންގަން ވެގެން އެގޮތަށް ހުރީ ކީއްވެގެންތޯ ސުވާލުކުރުމުގެ ކުރިން ހަލީމާގެ މޫނަށް ޖެހީ ލައްފިލުވަ އެވެ.
ށ. ޅައިމަގުގެ އަންހެނުންގެ ކޮމެޓީގެ ރައީސް އަށް ދިން މި ހަމަލާގެ ސަބަބުން އޭނާ އަށް މާ ބޮޑު ގެއްލުމެއް ނުލިބުނަސް، އަދިވެސް ރަނގަޅަށް ލޯ ހުޅުވައެއް ނުލެވެ އެވެ. ލޯ ވަނީ ފާރުވެފަ އެވެ.
ހަލީމާ ބުނާ ގޮތުގައި އޭނާ އަށް އެ ހަމަލާ ދިނީ ގާތް ޒުވާނެކެވެ. އެކަމަކު އެފަދަ ނުބައި ކަމެއް ކުރީ ކީއްވެގެންކަން އޭނާއަކަށް ނޭނގެ އެވެ.
"އަޅުގަނޑު އޭނާ ކައިރީ އަހާލަން ބޭނުން ވަނީ މިވަރުގެ އަނިޔާއެއް އަޅުގަނޑަށް ދިނީ ކީއްވެގެންތޯ؟ އޭނާއަށް އަޅުގަނޑު ދިނީ ކޮން ގެއްލުމެއްތޯ؟" ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ދޫކޮށްލުމުން މިހާރު ރަށުގައި ހުރި ހަލީމާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ޒުވާނާ ހުރީ ފުޅީގެ މަތީ ބައި ކަނޑާލައިގެން، އޭނާގެ ގަޔަށް އެ ޖަހަން ތައްޔާރުވެގެންނެވެ. އަދި ތިން ފަހަރެއްގެ މަތިން އޭނާގެ މޫނަށާއި ގަޔަށް ލައްފިލުވާ ޖެހި ކަމަށް ބުންޏެވެ.
"އޭނާ ނޫޅޭ ކޮންމެހެން ފިލާކަށް ވެސް. މޫނުމަތީގައި ގަނޑުގަނޑަށް ފުށް ޖަހާފައި ހުރި ނަމަވެސް މުޅިތަން އަލިކޮށްފައި އޮތުމުން އަޅުގަނޑަށް ހަމަ ރަނގަޅަށް އެނގުނު އެއީ ކާކުކަން،" ކައިވެންޏަށް ފަހު ދަރިން އެހެން ގޭގެއަށް ދިޔުމުން އެކަނި ދިރިއުޅެމުން އަންނަ ހަލީމާ ބުންޏެވެ.
ހަލީމާގެ ގެ: ލައްފިލުވާ ޖެހީ ފަތިހު އޭނާ ގޭގެ ދޮރު ހުޅުވާލި ވަގުތު
ލައްފިލުވާގެ އަސަރު އޭނާގެ މޫނަށާއި ލޮލަށް ވަރަށް ބޮޑަށް ކުރި އެވެ. މުޅި މޫނުމަތީގެ ކުލަ ބަދަލުވެ ވަރަށް ބޮޑަށް ދުޅަވި އިރު، ލޯ އެއްގޮތަކަށް ވެސް ނުހުޅުވެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެ ދުވަހު ބޭއްވި އެވެ.
ހަލީމާ ބުނި ގޮތުގައި ލޮލަށް ލައްފިލުވާ އެޅި ލޮލުގެ އެތެރޭގައި ވަނީ ފާރު ހެދިފަ އެވެ. ރަނގަޅަށް ލޯ ނުހުޅުވިގެން އުޅެނީ އެހެންވެ އެވެ. އެކަމަކު ބޭސް ގަވައިދުން ބޭނުން ކުރާ ނަމަ ލޮލުގެ ފެނުމަށް އަސަރު ނުކުރާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
މޫނުގެ ދުޅަ އަދިވެސް މުޅިން ތިރިއެއް ނުވެ އެވެ.
"ވަރަށް ތަދުވޭ. އެކަމަކު އެއަށް ވުރެ ދެރަވީ އަޅުގަނޑު އެއްވެސް ކަމެއް ނުކުރަނީސް މި ފަދަ ބޮޑު އަނިޔާއެއް ދިނީމައި،" އުމުރުން 50 އަހަރުގެ ހަލީމާ ބުންޏެވެ.
އޭނާ އަށް ދިން މި ހަމަލާއާ ގުޅިގެން 23 އަހަރާއި 21 އަހަރުގެ ދެ ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ލައްފިލުވާ ޖެހި ޒުވާނާ އެކަން ކުރީ ކީއްވެގެންކަން ފުލުހުންގެ ތަހުގީގަށް މިހާރު ކިޔައިދީފައިވާ ކަމަށްވެ އެވެ. އެގޮތުން އެކަން ކުރީ އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ މަންމަ ގާތު، އޭނާގެ ގޯސް ވާހަކަ ހަލީމާ ދެއްކި ކަމަށް މީހަކު ބުނުމުން ކަމަށްވެ އެވެ.
އެކަމަކު ހަލީމާ ބުނި ގޮތުގައި އެ ޒުވާނާ ރައްޓެހިވެގެން އުޅެނީ ކާކާ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.
"އަޅުގަނޑު ކައިރިއަށް ކިޔަވަން އައިސް، ވަަރަށް ގާތްކޮށް އުޅުނު ކުއްޖެއް އެއީ. އެކަމަކު އަޅުގަނޑަކަށް ނޭނގެ އޭނާ ރައްޓެހިވެގެން އުޅެނީ ކާކާ ކަމެއް ވެސް. ދެން ކިހިނެއް އެ ކަހަލަ ވާހަކައެއް ދައްކާނީ ވެސް؟" ހަލީމާ ބުންޏެވެ.
"އެކަމަކު ވެސް މިހާ ބޮޑު އަނިޔާއެއް މީހަކަށް ދޭންވާނެތަ؟ އެވަރުގެ ކަމަކާ އަންހެނެއްގެ ކުރިމަތީގައި އެހާ ފިނޑިވާން ވާނެތަ؟"
ހަލީމާ ބޭނުންވަނީ އެ ޒުވާނާ އޭނާ ކައިރިއަށް ގޮސް އެކަމަށް މާފަށް އެދޭށެވެ. އަދި އެކަން ކުރި ސަބަބު އޭނާގެ ދުލުން ކިޔައިދޭށެވެ.
ލިބުނު އަނިޔާތައް އަދިވެސް މުޅިން ރަނގަޅު ނުވާތީ އިތުރު ފަރުވާ ހޯދަން ހަލީމާ މާދަމާ މާލެ އަންނަން ވަނީ ނިންމާފަ އެވެ.
ޅައިމަގު އަންހެނެއްގެ މޫނަށް ކެމިކަލް ޖަހައިފި
މީހެއްގެ މޫނަށް އަނެއްކާ ވެސް ކެމިކަލް ޖަހައިފި
ހަލީމާއަށް ދިން ހަމަލާއަކީ އިއާދަނުކުރެވޭނެ ގެއްލުމެއް
ޅައިމަގު އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލަނީ
ކެމިކަލް ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އިނގިލި ބުރިކޮށްލުމުގެ ތުހުމަތުވާ މީހާ އަލުން ބަންދަށް
އިނގިލި ބުރިކޮށްލި މީހާއަށް ފަސް ދައުވާއެއް ކޮށްފި
އަންހެނުންތަކެއް ވިއްކަން ޖެހި އިންޑިއާ މީހަކު ހައްޔަރު
ދެ އަތްތިލަ ބުރިކުރި މީހަކަށް ބަދަލު ދެނީ
އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ