24 ޑިސެމްބަރ 2016
ށ. ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖަހައިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
ށ. ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖަހައިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް މިއަދު ވިދާޅުވީ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހުމުގެ ސަބަބުން އޭނާގެ ލޮލުން ދިލަ ނަގާ ވަރުން އެއްގޮތަކަށް ވެސް ލޯ ނުހުޅުވޭ ކަމަށެވެ. އަދި މޫނުމަތި ވެސް ކަޅުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާއަށް ފަރުވާ ދޭން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނެވެ.
އަބްދުލްޣަނީ ވިދާޅުވީ އުމުރުން 50 ހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް އޭނާ ބުނާ ކަމަށެވެ.
"ހަލީމާ ދޮރު ހުޅުވާލުމާ އެކު އޭނާގެ މޫނަށް ކެމިކަލް ޖަހާފައި ފިލީ ކަމަށް އޭނާ ބުނަނީ. ގޭތެރެއަށް ވެސް އެ ކެމިކަލް އެޅިފައި ހުރި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނު ނަމަވެސް ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވެފައި ހުރުމުން އެއީ ބާރުގަދަ އެއްޗެއްކަން އެނގޭ ކަމަށެވެ.
ފުލުހުން ވެސް މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަބްދުލްޣަނީ ވިދާޅުވީ ކެމިކަލް ޖެހީ ކާކުކަން ހަލީމާއަށް އެނގޭ ކަމަށް އޭނާ ބުނާ ކަމަށެވެ. އެކަމަކު "މަރާލަފާނެ ކަމުގެ ބިރަށް އެމީހާގެ ނަން ބުނަން ނުކެރޭނެ ކަމަށް" ހަލީމާ ބުނާ ކަމަށް ވެސް އަބްދުލްޣަނީ ވިދާޅުވި އެވެ.
"އެކަން ކުރި މީހެއްގެ މަގުސަދެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ،" ސިޔާސީ މާ ބޮޑު ދެކޮޅުވެރިކަމެއް ރަށުގައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހަލީމާ އަކީ އެކަނި އުޅޭ މީހެކެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގަ އެވެ.
ހަލީމާއަށް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލާ ގުޅޭ ގޮތުން އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށް ޅައިމަގު ކައުންސިލުން ބުންޏެވެ.
އަނިޔާ ދިނީ ގާތް މީހެއް، ހަލީމާ އަދިވެސް ޝޮކުގައި
މީހެއްގެ މޫނަށް އަނެއްކާ ވެސް ކެމިކަލް ޖަހައިފި
ކެމިކަލް ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އިނގިލި ބުރިކޮށްލުމުގެ ތުހުމަތުވާ މީހާ އަލުން ބަންދަށް
އިނގިލި ބުރިކޮށްލި މީހާއަށް ފަސް ދައުވާއެއް ކޮށްފި
އަންހެނުންތަކެއް ވިއްކަން ޖެހި އިންޑިއާ މީހަކު ހައްޔަރު
ދެ އަތްތިލަ ބުރިކުރި މީހަކަށް ބަދަލު ދެނީ
އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ޑަބްލިއުއެޗްއޯގެ މުވައްޒަފުންތަކެއް ހޫނުފެނަށް
ހޮސްޕިޓަލުން ކުއްޖާ އޮޅުވާލުމުން ބަދަލު ހޯދަނީ