Roadha Mihaaru
ފޭދޫ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

ފޭދޫ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

02 ޖޫން 2022

ސ. ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސ. ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެންމެ ވިދާޅުވީ ރޭ މެންދަމުން އަލިވެ 3:10 ހާއިރު ފޭދޫގައި ހިންގި މާރާމާރީގައި 21 އަހަރުގެ މީހަކަށް އަނިޔާ ވެގެން އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ ޒުވާނާ މަރުވީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.

އޭނާގެ ބުރަކައްޓަށް ވަރަށް ފުންކޮށް ހަމަލާދީފައި ހުރުމުން މެޔަށް ވެސް އޭގެ އަސަރުކޮށްފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ފޭދޫގައި ހިންގި މާރާމާރީއެއްގައި 19 އަހަރުގެ ޒުވާނެއްގައި ގައިގައި ތަޅައި އަނިޔާކޮށްގެން، ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ އަނިޔާތަކުގައި ފިރިހެންމީހާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިއްޔެ ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ. އެ މައްސަލަތައް އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.