Roadha Mihaaru
ރޭހުގައި ފަޒްނާ ބައިވެރިވެވަޑައިގެން ދެއްވީ ހިތްވަރު

ރޭހުގައި ދުވެވަޑައިގެން ފަސްޓް ލޭޑީ އާންމުންނަށް ދެއްވީ ހިތްވަރު

03 ޖޫން 2022

ޓީއެފްޖީން މިއަދު ބޭއްވި ރޭހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ، ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަތުމަކީ އާންމުންނަށް ދެއްވި ހިތްވަރެއް ކަމަށް، ކުރީގެ މަޝްހޫރު ދެ ދުވުންތެރިން ކަމަށްވާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) އާއި ނަސީރު އިސްމާއިލް ބުނެފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު ބޭއްވި 10 ކިލޯ މީޓަރު ދުވުމުގައި، ފަސްޓްލޭޑީ ފަޒްނާ ވަނީ 1:08:56 (އެއް ގަޑިއިރާއި އަށް މިނެޓް 56 ސިކުންތު) އިން ރޭސް ނިންމަވައިފަ އެވެ. ރޭހުގެ ފުރަތަމަ ފަސް ކިލޯމީޓަރު އެކަމަނާ ފުރިހަމަކުރެއްވީ 35:08 (35 މިނެޓާއި އަށް ސިކުންތު) އިންނެވެ.

ކުޑަ ހުސައިން ބުނީ، ރޭހުގުގައި ފަސްޓް ލޭޑީ ދުވެވަޑައިގަތުމަކީ ގިނަ ބަޔަކަށް ހިތްވަރަކަށް ވާނެ ކަމަށެވެ. ގިނަ ރޭސްތަކުގައި މީގެ ކުރިން ވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

"ޕާސަނަލް ރެކޯޑްތަކެއް އެޗީވް ކުރުމަށް ވުރެ، އަޅުގަނޑަށް ހީވަނީ މިފަދަ ރޭސްތަކުގައި ފަސްޓް ލޭޑީ ފަޒޫ ބައިވެރިވެ ވަޑައިގެންނެވުމުގެ ބޭނުމަކީ ވެސް އާންމުން އިންސްޕަޔާ ކޮށްދިނުންހެން،" ރޭހުން ދެވަނަ ހޯދި މަރްޔަމް އަބްދުލް ކަރީމް (މަރީ) ގެ ކޯޗުކަން ވެސް ކުރަމުން އަންނަ ކުޑަ ހުސައިން ބުންޏެވެ.

ފަސްޓް ލޭޑީ ފަޒްނާ (ވ) އާ އެކު ކުޑަ ހުސައިން ފޮޓޯ އަކަށް ހުއްޓިލައިގެން: ހުސައިން ބުނީ ދުވުންތަކުން ފަޒްނާ ފެނިވަޑައިގަތުމަކީ އާންމުނަށް ލިބޭ ހިތްވަރަކަށް ވާނެ ކަމަށް. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަސްޓް ލޭޑީ ފަޒްނާ (ވ) އާ އެކު ކުޑަ ހުސައިން ފޮޓޯ އަކަށް ހުއްޓިލައިގެން: ހުސައިން ބުނީ ދުވުންތަކުން ފަޒްނާ ފެނިވަޑައިގަތުމަކީ އާންމުނަށް ލިބޭ ހިތްވަރަކަށް ވާނެ ކަމަށް. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ގައުމެއްގެ އެންމެ އިސްވެރިޔާގެ އަނބިކަނބަލުން މިގޮތަށް ބައިވެރިވެ ވަޑައިގެންނެވީމަ ފިޓްނަސް އާއި ދުވުމަށް ގިނަ ބަޔަކު ހިތްޖެހޭނެ. ވަރަށް ރަނގަޅު މިސާލެއް އެދައްކަވަނީ."

ފަޒްނާ ރޭސް ފުރިހަމަ ކުރެއްވުމުން، ރޭހުގައި ބައިވެރިވި އެހެން ދުވުންތެރިން ވަނީ އެކަމަނާ އަށް މަރުހަބާ ކިޔައި އެކުގައި ފޮޓޯ ނަގައިފަ އެވެ. ރޭހުގައި ބައިވެރިވި ގާތްގަނޑަކަށް 70 ވަރަކަށް އަންހެން ބައިވެރިންގެ ތެރެއިން، ފަސްޓް ލޭޑީ ފަޒްނާ ރޭސް ފުރިހަމަ ކުރައްވީ 38 ވަނައިގަ އެވެ.

ފިރިހެން ބައިން އެއްވަނަ ހޯދި، ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ގެ ކޯޗު ނަސީރު ބުނި ގޮތުގައި ފަސްޓްލޭޑީ ފަޒްނާ ރޭސްތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ ދިގު ދުވުންތަކުގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެ ސަބަބެކެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ފަޒްނާ ދުވެ ވަޑައިގަންނަވަނީ: އާންމުކޮށް ދުވުންތަކުގައި، އެކަމަނާ ބައިވެރިވެ ވަޑައިގަންނަވާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ފަޒްނާ ދުވެ ވަޑައިގަންނަވަނީ: އާންމުކޮށް ދުވުންތަކުގައި، އެކަމަނާ ބައިވެރިވެ ވަޑައިގަންނަވާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑުމެންގެ މިި ކުޅިވަރަށް، ދިގު ދުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް މެޑަމް ފަޒްނާ ރޭސްތަކުގައި ބައިވެރިވެ ވަޑައިގަތުން. ހަމަ ގައިމު ވެސް މި ކުޅިވަރުގެ މަގުބޫލުކަން އިތުރުވެގެންދާނެ،" ސައުތު އޭޝިއަން ގޭމްސްގައި ދިގު ދުވުމުން މެޑަލްއަކާ ވަރަށް ގާތަށް ދެވުނު ކުރީގެ އެއްވަނަ ދުވުންތެރިޔާ ބުންޏެވެ.

ފެބްރުއަރީ މަހު ޔޫއޭއީގެ ރަސް އަލް ހައިމާގައި ބޭއްވި، ހާފް މެރަތަންގައި ފަސްޓް ލޭޑީ ފަޒްނާ ދުވެވަޑައިގަތްކަން ފާހަގަކޮށް ނަސީރު ބުނީ، އިންޓަނޭޝަނަލް މެރަތަންއެއްގައި އެކަމަނާ ވާދަކުރައްވާތަން ފެނުނު ދުވަހު ވެސް އޭނާ އަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ.

"ފިޓްނަސް އާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަ ބަޔަކަށް ލިބޭ ހިތްވަރަކަށް މިކަން ވާނެ،" ނަސީރު ބުންޏެވެ.

ޔޫއޭއީގެ ރަސް އަލް ހައިމާ، ރަކް ހާފް މެރަތަންގައި ފަޒްނާ ރޭސް ފުރިހަމަ ކުރެއްވީ 2:14:18 (ދެ ގަޑިއިރާއީ 14 މިނެޓް 18 ސިކުންތުންނެވެ.