ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ސިޔާސީ ގޮތުން އުފެދިފައިވާ ދެބަސްވުމަކީ "އާއިލީ އަރާރުމެއް" ގެ ގޮތުގައި ސިފަކުރުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް އިބޫގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްކެވި ވާހަކަތަކަށް ނަޝީދު ތާއީދު ކުރައްވައިފި އެވެ.
25 ނޮވެމްބަރ 2025
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ސިޔާސީ ގޮތުން އުފެދިފައިވާ ދެބަސްވުމަކީ "އާއިލީ އަރާރުމެއް" ގެ ގޮތުގައި ސިފަކުރުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް އިބޫގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްކެވި ވާހަކަތަކަށް ނަޝީދު ތާއީދު ކުރައްވައިފި އެވެ.
ފަޒްނާގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ވާހަކަތަކެއް ކަމަށާއި ފަޒްނާއަކީ ވެސް އެ ޕާޓީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަނބަލެއް ކަމަށެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވީ މިފަހަކަށް އައިސް ދޭތެރެއަކުން އެކި ފަންތީގެ މީހުން ސިޔާސީ ހިޔާލުތަފާތުވުން އާއިލީ ގުޅުމާ ގުޅުވައި، ވާހަކަ ދައްކާތީ އެވެ.
ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް އާއިލީ އަރާރުމެއްގެ ގޮތުގައި ސިފަކޮށް ދައްކާ "ހަނި ވިސްނުން" ތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި ވިސްނުމަށް ވެސް އެޅޭ ހުރަހެއް ކަމަށް ފަޒްނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް "އާއިލީ އަރާރުން" ކިއުމަކީ ރައީސް ނަޝީދު އާއި ރައީސް ސޯލިހްއާ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ. އަދި މިކަހަލަ ހަނިވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކާ ފުޅާދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއްވެސްމެ އެވެ،" ފަޒްނާ ވިދާޅުވި އެވެ.
ފަޒްނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސްކޫލު ދައުރުގައި އުފެދޭ އެކުވެރިކަން ގިނަ ފަހަރަށް ބިނާވަނީ ޝައުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއްގެ ސަބަބުން ކަމަށާއި ނަޝީދާއި އިބޫއަކީ ވެސް މަދަރުސީ ދަައުރުން ފެށިގެން ވެސް ދާދި އެއް ކަންތައްތަކަކަށް ޝައުގުވެރިކަން ހުންނެވި ދެ ބޭފުޅުން ކަމަށެވެ.
ފަޒްނާ ވިދާޅުވީ ދެ ބޭފުޅުންނަކީ ވެސް ފޮތް ވިދާޅުވާން ޝައުގުވެރިވާ ދެ ބޭފުޅުން ކަމަށާއި ނޫސްވެރިކަމާއި ލިޔުންތެރިކަމަކީ ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބަލަންދިއުމާއި މިއުޒިކް އަޑުއެހުމާއި ރާޒުވާ ކުޅުމާއި ކަޅޫ ސައި ބުއިމަކީ ވެސް ދެ ބޭފުޅުން އެކުގައި ކުރެއްވި ކަންކަން ކަމަށެވެ.
އެކަމަކު ދެ ބޭފުޅުންގެ ވެސް ޝައުގުވެރިވާ އެއް ކަންތައްތަކެއް ހުއްޓަސް އެއީ މިޒާޖު ތަފާތު ދެ ބޭފުޅުން ކަމަށާއި ސިޔާސީ ކަންކަން ހިމެނޭ ގޮތަށް ކޮންމެ ކަމެއްގައި ވެސް އެއްބަސްވެވޭ ކަންކަމާއި ދެބަސްވުމުން، އެއްބަސްވެ އެކުގައި ކާމިޔާބު ކުރެއްވި ކަންކަން މަދުނުވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
"އަރައިނުގަނެވިގެން މި އުޅެނީ ދެބޭފުޅުން އެއް ގޮނޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ އެވެ،" ފަޒްނާ ލިއުއްވާފައިވެ އެވެ.
އެކަމަކު އެކަމަކީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށާއި ލީޑަރުން މަސައްކަތް ކުރަންވާނީ ލީޑާޝިޕްގެ ތަރަހައިގެ ތެރެއިން ކަމަށާއި ބަޔަކު ވާހަކައެއް ދެއްކި ކަމަށް ހަދާ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމަކީ ހަރުދަނާ ލީޑަރުންގެ ސިފައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި މުހިއްމީ ކަންކަން ހައްލުކުރުމުގެ ރޫހުގައި އިށީނދެ ޕާޓީ އާއި ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕްގައި ހުރި އުނި ސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހައި އެ ކަންކަން ހައްލުކުރުމެވެ.
ނަޝީދު ވިދާޅުވަނީ "ރައީސް ރިއެކްޓް" ނުކުރައްވާ ކަމަށް
ފަސްޓް ލޭޑީ ފަޒްނާގެ ތައުރީފާއި ތާއީދު ބިގޭ އަށް
އެމްޑީޕީން އާ ކެންޑިޑޭޓަކު ނެރޭ ހިޔާލާއެކު އަރައިރުން
ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޖަވާބެއް ނެތް
އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި: އިބޫ
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒް
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
2028 ގެ ރިޔާސީ އިންތިހާބުގައި އިބޫ ވާދަކުރައްވަނީ
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟