Roadha Mihaaru
"ރާއްޖެއަށް ގެންނަނީ ވިހަ ކެމިކަލްތައް މަދުން ހުންނަ ތެޔޮ"

ހަރަދު ބޮޑަސް ގެންނަނީ ވިހަ ކެމިކަލް މަދުން ހުންނަ ތެޔޮ: އަމްރު

03 ޖޫން 2022

ރާއްޖެއަށް އެތެރެކުރަނީ ވިހަ މާއްދާތައް މަދުން ހުންނަ ކޮލިޓީ ރަނގަޅު ތެޔޮ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް އެތެރެކުރަނީ ވިހަ މާއްދާތައް މަދުން ހުންނަ ކޮލިޓީ ރަނގަޅު ތެޔޮ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

މިސްރުގައި މިއަދު ކުރިއަށްދިޔަ އައިއެސްޑީބީގެ އަމަރީ ޖަލްސާގައި ބޭއްވި ފޯރަމެއްގައި އަމްރު ވިދާޅުވީ، އަގު ބޮޑުވި ނަމަވެސް ރާއްޖެއަށް ގެންނަނީ ވައި ތަގައްޔަރުވުން ކުޑަ، އަދި އާންމުންގެ ސިއްހަތަށް ވެސް އެންމެ ގެއްލުން ކުޑަ ތެޔޮ ކަމަށެވެ.

"ރާއްޖެ އަށް އެތެރެކުރާ ޑީސަލްގައި ހުންނަ ސަލްފާ ކޮންޓެންޓް 2.5 ޕަސެންޓުން 0.01 ޕަސެންޓަށް މިވަނީ ކުޑަކޮށްފައި. މިއީ ހަރަދު ބޮޑު ގޮތެއް،" އޭނާ ވިދާޅުވި އެވެ.

ތެލުގެ ކޮލިޓީ އެއްވަރެއްގައި ހިފަހައްޓައި، ދެނެގަތުމަށް ތެލާ ގުޅޭ ލެބޯރެޓަރީއެއް ވެސް އެސްޓީއޯ އިން ވަނީ ގާއިމްކޮށްފަ އެވެ.

ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރި އެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.

އަމްރު ވިދާޅުވީ، އެ ކުންފުނިން ހިދުމަތްތައް ދިނުމުގައި ތިމާވެއްޓާ އެންމެ ރައްޓެހި ގޮތްތަކަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އެފަދަ ގޮތްތަކަށް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވި އެވެ.