Roadha Mihaaru
ކުނި ވަކިކުރުން ގުޅިފައި އޮތީ ބިޔަ މަޝްރޫއަކާ: އޭޑީބީ

ވަކިކުރާ ކުނިތައް ބަދަލުވާނީ ކަރަންޓަށް، އެކަމަށް އެހީތެރިކަން ބޭނުން: އޭޑީބީ

05 ޖޫން 2022

މާލޭ ސަރަހައްދުން ކުނި ވަކިކޮށްގެން އުކާލަން ފެށުމަކީ، އާދައިގެ ކަމަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އަދި އެއީ، ބައެއް މީހުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކިޔަސް، ހަމައެކަނި ނަމެއްގައި ކޮށްލަން އުޅޭ ކަމެއް ވެސް ނޫނެވެ. އެއީ ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްޕީއާރު އާއި ޓީއޭއެސްއެފް ގުޅިގެން ހިންގާ ނަމޫނާ މުހިންމު މަޝްރޫއަކާ ގުޅިފައިވާ ކަމެކެވެ. އެ މަޝްރޫއުގެ ތެރެއިން އާންމުންގެ ޒިންމާ، ކުނި ވަކިކުރާ ހިސާބުން އެ އަދާކުރެވެނީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭ ސަރަހައްދުން ކުނި ވަކިކޮށްގެން އުކާލަން ފެށުމަކީ، އާދައިގެ ކަމަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އަދި އެއީ، ބައެއް މީހުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކިޔަސް، ހަމައެކަނި ނަމެއްގައި ކޮށްލަން އުޅޭ ކަމެއް ވެސް ނޫނެވެ. އެއީ ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްޕީއާރު އާއި ޓީއޭއެސްއެފް ގުޅިގެން ހިންގާ ނަމޫނާ މުހިންމު މަޝްރޫއަކާ ގުޅިފައިވާ ކަމެކެވެ. އެ މަޝްރޫއުގެ ތެރެއިން އާންމުންގެ ޒިންމާ، ކުނި ވަކިކުރާ ހިސާބުން އެ އަދާކުރެވެނީ އެވެ.

ކުނި މެނޭޖް ކުރުމުގެ މި ބިޔަ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގެ މަސަައްކަތް މި އަހަރު ނިމޭނެ އެވެ. އެއަށް ފަހު ދެން އޮންނާނީ ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތްތަކުގެ ފެށުމެވެ. އެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ހޭދަކުރާ އިރު ފުރަތަމަ ފިޔަވަހީގައި ތިލަފުށީގެ ބިން ހިއްކުމާއި ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުނީގެ ފަރުބަދައިން ދުން އެރުން ހުއްޓާލެވޭނެ އެވެ. އެ ހުރިހާ މަސައްކަތްތައް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.

ވެމްކޯގެ މުވައްޒަފުން ކުނިތައް ވަކިކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެމްކޯގެ މުވައްޒަފުން ކުނިތައް ވަކިކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޑީބީ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިމްޖާދު ޖަލީލް ވިދާޅުވީ، ކުނި މެނޭޖްކުރުމުގައި ކުނި ވަކި ކުރުމަކީ އޭޑީބީން ހިންގާ ޕްރޮޖެކްޓްގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ، ދެން އޮތީ ކުނިން ހަކަތަ އުފެއްދުމުގެ މަރުހަލާ ކަމަށްވާ އިރު ހަކަތަ އުފެއްދުމަށްޓަކައި ގާއިމް ކުރާ އިންސިނަރޭޓަރަށް އެޅޭނީ ވަކި ބާވަތްތަކެއްގެ ކުނި ކަމަށެވެ.

މިހާރު މި ފެށުނީ އެފަދަ ކުނިތައް ވަކި ކުރުމުގެ މަރުހަލާ އެވެ.

"އާންމުން އަމަލީ ގޮތުން ކުނި މެނޭޖް ކުރުމުގައި ބައިވެރިވެ، އެކަން އަދި މި ފެށުނީ. މި ބޮޑު މަޝްރޫއުގެ އާންމުން ޝާމިލްވާނެ ގޮތަށް މި ފެށުނީ،" އޭނާ ވިދާޅުވި އެވެ.

ވަކި ކުރާ ކުނިން 12 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ

ކުނިން ކަރަންޓު އުފެއްދުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރާ އިރު މިއީ މުޅި ސަރަހައްދުގައި ވެސް ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ. އެހެންވެ، މި ޕްރޮޖެކްޓް ކާމިޔާބު ކުރުމަކީ އޭޑީބީގެ ވެސް ވަރަށް ބޮޑު އުންމީދެކެވެ. ބޭނުމަކީ މި ޕްރޮޖެކްޓް ނަމޫނާއަކަށް ބަލައިގެން އެހެން ގައުމުތަކުން ވެސް މިފަދަ ޕްރޮޖެކްޓްތައް ހިންގުމެވެ.

ކުނިން ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ އިންސިނަރޭޓަރަށް ކޮންމެ ކޮންމެ ކުންޏެއް ނޭޅޭނެ އެވެ. އެއަށް އަޅަން ޖެހެނީ ވަކި ކަހަލަ ކުންޏެކެވެ. އެހެންވެ، ގޭގެއިން ކުނި ގެއްދިއުމުން ކޮންމެވެސް ހިސާބަކުން އެ ކުނިތައް ވަކިކުރަން ޖެހެ އެވެ. މިއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ.

އުފައްދާ ކުނީގެ ތެރެއިން ކަރަންޓު އުފެއްދުމަށް އިންސިނަރޭޓަރަށް އަޅަނީ ވަކި ވައްތަރެއްގެ ކުންޏެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި ފުޅި އާއި ކަރުދާހާއި ލަކުޑި ފަދަ ތަކެތި ހިމެނެ އެވެ. ގޭގޭގައި އުފައްދާ ކުނިވާ ޒާތުގެ ކުނި ނައްތާލާނީ ވަކި ގޮތަކަށެވެ. ކޮންސްޓްރަކްޝަން ކުންޏާއި އެހެނިހެން ކުނި ނައްތާލުމަށް ހާއްސަ މެޝިނަރީ ވެސް ތިލަފުށީގައި އަދި ބަހައްޓާނެ އެވެ.

އިމްޖާދު ވިދާޅުވި ގޮތުގައި، މިއަދު ގޭގައި ތިބެ ރައްކާތެރިކަމާ އެކު ކުނި ވަކި ކުރުމަކީ މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. އެކަން ކުރުމުން، އެއިން ކަރަންޓް އުފެއްދުމުގައި އާންމުންނަށް ވެސް ބައިވެރިވެވުނީ ކަމަށާއި މުޅި ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާާބު ކުރުމުގެ އެންމެ މުހިންމު ބައިވެރިންނަކީ އާންމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްރޭޓާ މާލޭގައި ކަރަންޓު އުފައްދާ ނިޒާމު، ވޭސްޓް އެނާޖީ ފެސިލިޓީ އައިމަ އިންސިނަރޭޓަރަށް އަޅާނެ ކުނި ވަކި ކުރުމުން، އޭނައަށް ވެސް މި ސަރަހައްދުގެ ކަރަންޓު އުފައްދަން އެ އެހީތެރިވެދެވުނީ،" އޭނާ ވިދާޅުވި އެވެ.

އިންސިނަރޭޓަރު ބެހެއްޓި އޭގެ ބޭނުން ކުރެވެން ފަށާނީ 2024 ވަނަ އަހަރު އެވެ. އިންސިނަރޭޓަރަށް އަޅާ ކުނި ވަކި ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެފަދަ ކުނިތައް މިހާރު ވަކިކޮށް އަންނަނީ ބެއިލް ކުރަމުންނެވެ. ބެއިލް ކުރުމަކީ އިންސިނަރޭޓް ކުރެވޭ ކުނި ވަކިކޮށް ރައްކާތެރިކަމާ އެކު ބެހެއްޓުމެވެ.

ވެމްކޯއިން ގޭގެއިން ކުނި އުކާލަނީ: ގޭގެއިން މިހާރު ކުނި އުކާލަނީ ވަކި ކޮށްގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެމްކޯއިން ގޭގެއިން ކުނި އުކާލަނީ: ގޭގެއިން މިހާރު ކުނި އުކާލަނީ ވަކި ކޮށްގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގޭގެއިން ބޭރުކުރާ ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް އަދި އެހެނިހެން ބާވަތްތަކުގެ ކުނި ނެރެން ޖެހޭނީ ވަކިންނެވެ. މިގޮތަށް ކުނި އުފުލުމަށް ކޮންމެ ސަރަހައްދަކަށް ވެސް ވެމްކޯގެ ވެހިކަލް ދާނެ އެވެ.

އިމްޖާދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ގޭގެއިން ކުނި އުކަމުން އައީ ހުރިހާ ބާވަތެއް އެއްކޮށްގެން ކަމަށެވެ. އެހެން ނަމަވެސް މިގޮތަށް ކުނި ވަކިކޮށް ހަދަން އާދަވުމުން މިއީ އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މި އުޅެނީ [އެކަމަށް ކުރަން ޖެހޭ] ހަރަދު ބޮޑުވެގެންނެއް ނޫންހެން ހީވަނީ. އެކަމަކު އިންސާނީ ވަކި ޒިންމާތަކެއް ވެސް ހުންނަން ވާނެތާ. ހަމަ ކޮންމެވެސް ބަޔަކުތާ ކުނި ވަކިކުރުމުގައި ވެސް މި އުޅެނީ. ކޮންމެވެސް ބައެއްގެ އާއިލާ ބައެއްތާ ކުނިތައް ވަކި ކުރުމުގަ މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

kunin salaamaiy kohdheyne biya mashroo eh!

kunin salaamaiy kohdheyne biya mashroo eh!

The most trusted news source in the Maldives

Mihaaru

އޭޑީބީގެ މަޝްރޫއާ ބެހޭ އިތުރު މައުލޫމާތު