Roadha Mihaaru
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!

ވެމްކޯގެ އޮޑިޓް: 103 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގި!

29 ޖެނުއަރީ 2024

ވެމްކޯ އިން 2016 އާއި 2017 ގެ ޕްރޮކިއުމެންޓް ހަރަދު ކުރި ގޮތާ ގުޅޭ އޮޑިޓް ރިޕޯޓް، އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރިއިރު، 103 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާކަން އެ ރިޕޯޓުން ހާމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެމްކޯ އިން 2016 އާއި 2017 ގެ ޕްރޮކިއުމެންޓް ހަރަދު ކުރި ގޮތާ ގުޅޭ އޮޑިޓް ރިޕޯޓް، އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރިއިރު، 103 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާކަން އެ ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ވެމްކޯ އިން ބޮޑު ހިޔާނާތެއް ހިންގާފައި ވަނީ ވެހިކަލް ގަތުމަށާއި ކުއްޔަށް ނެގި ވެހިކަލްތަކަށް ފައިސާ ދެއްކުމުގަ އެވެ.

އެ ކުންފުނިން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ވެހިކަލް ގަތުމަށް 44 މިލިއަން ރުފިޔާ ހޭދަކުރީ އާންމު ބީލަމުގެ އުސޫލުން ބޭރުން، ނާޖައިޒް މަންފާ ހޯދޭނެ ގޮތަށް ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ 2016 ގައި ވެމްކޯ އިން އެއް މަސް ދުވަހަށް ތިން ކޮޅު ވެއްޓި ކުއްޔަށް ނެގި ކަމަށެވެ. އޭގެ ތެރެއިން ދެކޮޅު ވެއްޓީގެ މުއްދަތު މަހުން މަހަށް އިތުރުކުރަމުން ގޮސް 20 މަސް ދުވަސް ވަންދެން ވެމްކޯގައި ބޭއްވި ކަމަށެވެ.

އެއް މަސް ދުވަހަށް ކުއްޔަށް ނެގި ކޮޅުވެއްޓީގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު އެއް ކޮޅުވެއްޓިއަށް 1.4 މިލިއަން ރުފިޔާ އާއި 1.5 މިލިއަން ރުފިޔާ ވެމްކޯއިން ދައްކާފައިވާތީ ޖުމްލަ ކުލީގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 58 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ވެމްކޯއިން މާލޭގައި ކުނި އުކާލުމަށް ގެނައި ޓްރަކުތަށް .---ފޮޓޯ: މިހާރު

ވެމްކޯއިން މާލޭގައި ކުނި އުކާލުމަށް ގެނައި ޓްރަކުތަށް .---ފޮޓޯ: މިހާރު

އެ ރިޕޯޓުގައި ބުނެފައި ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން އެތަކެތި ވެމްކޯ އިން ގަތުމުން ވާދަވެރި އަގުތަކެއް ހޯދައި، އެންމެ އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށެވެ. ކުނި އުފުލުމަށް 10 ޑަބަލް ޓްރަކް ގެންނަން ނޮވެމްބަރު 2016 ވަނަ އަހަރު ބަޔަކާ ހަވާލު ކުރީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މޮޑިފައިކޮށްފައިވާ ވެހިކަލްތައް އޮޅުވާލައިގެން ގެނައި!

ރިޕޯޓުގައި ބުނި ގޮތުގައި ވެމްކޯގެ "އޮޕަރޭޝަން ކަލެކްޝަން ސާވިސަސް" ޑިޕާޓްމެންޓުން ރިކުއެސްޓް ކޮށްފައިވާ ސްޕެސިފިކޭޝަން އާއި ބްރޭންޑުތަކުގެ ވެހިކަލް ހޯދުމުގެ ބަދަލުގައި މޮޑިފައިކޮށްފައިވާ ވެހިކަލްތަކެއް ހޯދައި އެ އުޅަނދުތައް އުފެއްދި ގައުމާއި ބްރޭންޑު ވެސް ވަނީ އޮޅުވާލައިފަ އެވެ. ވެމްކޯއިން 10 ޑަބަލް ޓްރަކް ގަތުމަށް ހަވާލުކޮށްފައިވަނީ 6.8 މިލިއަން ރުފިޔާ އަށެވެ.

އެހެން ނަމަވެސް އެއްބަސްވުމުގެ އަގުގެ އިތުރަށް ޖީއެސްޓީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ވަނީ ދައްކައިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ޖީއެސްޓީއަށް ކަމަށް ބުނެ އިތުރަށް ހަތަރު ލައްކަ ރުފިޔާ އެ ކުންފުންޏަށް ވެމްކޯއިން ދޫކުރި ނަމަވެސް، މީރާއަށް އެފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ވެމްކޯގެ ކުޅި އުކާލާ އޭރިއާގައި އޮތް ވެހިކަލެއް. -- ފޮޓޯ: މިހާރު

ވެމްކޯގެ ކުޅި އުކާލާ އޭރިއާގައި އޮތް ވެހިކަލެއް. -- ފޮޓޯ: މިހާރު

ވެމްކޯއިން ތިން ކޮޅުވެއްޓި ގަތް އިރު ޔަންމާ ބްރޭންޑްގެ އިންޖީނުތަކެއް ކަމަށްވީ ނަމަވެސް ކޮޅުވެއްޓިތައް ވިއްކުމަށް އެއްބަސްވެފައިވާ އަގަށް އެއްވެސް ބަދަލެއް ނުގެނެސް ކަނޑައަޅާފައިވާ ބްރޭންޑްގެ އިންޖީނުގެ ބަދަލުގައި 10،000 ޑޮލަރ(154،000ރ.) އަގު ހެޔޮކޮށް ކަމިންސް ބްރޭންޑްގެ އިންޖީނުތައް ކޮޅުވެއްޓީގައި އަޅާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ އަގު ކުޑަވި ނަމަވެސް، ވެމްކޯއިން ކޮންޓްރެކްޓަކަށް ދޫކޮށްފައިވަނީ އެންމެ ފުރަތަމަ އަގު ހެދި އިރު ޔަންމާ އިންޖީނުގެ އަގަށްވާ ވަރު ކަމަށެވެ.

ވެމްކޯގެ ރިޕޯޓުގައިވާ ގޮތުން ސްޕޮންސާގެ ގޮތުގައި ފައިސާ ދޫކުރުމުގެ އުސޫލެއް ނެތި ތިން ޖަމިއްޔާއަކަށް ވެސް 850،000ރ. ވަނީ ހޭދަކޮށްފަ އެވެ.