Roadha Mihaaru
ދަގަނޑޭގެ ކުރިއެރުމާމެދު ނަސްރު ހިތްހަމަޖެހޭ

ދަގަނޑޭގެ ކުރިއެރުމާމެދު ނަސްރު ހިތްހަމަޖެހޭ

04 ޖޫން 2022

ކުރީގެ ފިޓްނަސް އަށް އެނބުރި ދިއުމުގެ އުންމީދުގައި ހުރި، ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކިބައިން، އިއްޔެ ބޭއްވި ޓީއެފްޖީ ރަންގައި ފެނުނު ކުރިއެރުމާ މެދު ހިތްހަމަޖެހޭ ކަމަށް، މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު) ބުނެފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވި 10 ކިލޯމީޓަރުގެ ދުވުން، ދަގަނޑޭ ފުރިހަމަ ކުރީ 48:57 ންނެވެ.

ނަސްރު ބުނީ ފުރަތަމަ ފަހަރަށް ދުވުމުގެ ރޭހެއްގެ ބައިވެރިވި ދަގަނޑޭގެ ޓައިމިންއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ނަސްރުގެ މެރަތަން ރަނާސް ޓީމާއެކު ދަގަނޑޭ ދުވުމުގެ ޓްރޭނިން އަށް ނުކުތީ ފިޓްވުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެން ޓާގެޓް ކުރީ ކޮންމެ ފަސް ކިލޯ މީޓަރެއް 25 މިނެޓުން ނިންމަން. އެކަމަކު އެއަށް ވުރެ އަވަހަށް ނިންމާފަ އިނީމަ އެއީ ލިބޭ ހިތްހަމަޖެހުމަކީ،" ނަސްރު ބުންޏެވެ.

ފުރަތަމަ ފަސް ކިލޯ މީޓަރު، ދަގަނޑޭ ފުރިހަމަ ކޮށްފައި ވަނީ 24:35 ންނެވެ. ނަސްރު ބުނީ، މިހާހިސާބުން ދަގަނޑޭގެ ޓްރެއިނިންތައް ދެން ބައްޓަންކުރަންވީ ގޮތް ދެނެގަނެވިއްޖެ ކަމަށެވެ. ދަގަނޑޭ އެންމެ ފަހުން ރަސްމީ މެޗެއް ކުޅެފައި ވަނީ މިއަހަރު ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑްގަ އެވެ. އޭގެ ފަހުން ރަށްރަށުގައި ބޭއްވި މުބާރާތްތަކުގައި ބައެއް މެޗު އޭނާ ކުޅުނެވެ. އޭގެ ފަހުން އަނިޔާވެ، މި ސީޒަންގައި އިތުރު މެޗެއް އޭނާ ނުކުޅެ އެވެ.

އަލީ އަޝްފާގް އަދި ނަސްރު، އިއްޔެ ބޭއްވި ޓީއެފްޖީ މެރަތަންގައި ދުވަނީ: މިއީ ރިކަވާވުމުގެ މަރުހަލާގައި އަޝްފާގްގެ ފިޓްނަސް ލެވަލް ޓެސްޓްކޮށްލަން އަޝްފާގް ބައިވެރިވި ރޭހެއް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަނިޔާއިން ރިކަވާވަމުން އަންނަ ކުޅުންތެރިޔަކު ނެރެގެން އޭނާ ފިޓްކުރުމަށް ޓްރެއިނިން ހަދައި ރޭހެއްގެ ބައިވެރިކޮށްގެން ރަނގަޅު ޓައިމިންއެއްގައި ނިންމާލެވުމަކީ ވަރަށް ބޮޑު ހިތްވަރެއް،" އެންމެ ގިނަ މެރަތަންގައި ދުވި ރާއްޖޭގެ ދުވުންތެރިޔާ ބުންޏެވެ.

ނަސްރު ކުރިން ބުނެފައި ވަނީ އޭނާގެ ޓާގެޓަކީ، އަޝްފާގް އަލުން ކުޅެން ނުކުންނައިރު ދަނޑުގައި ހުންނަ އެންމެ ފިޓް ކުޅުންތެރިޔާ އަށް އޭނާ ހެދުން ކަމަށެވެ.

އިއްޔެ ބޭއްވި ދުވުމުގައި ނަސްރުގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ، ދުވުންތެރިން ވަނީ ދެ ކެޓަގަރީގައި ވެސް ކުރި އެރުން ހޯދައިފަ އެވެ. ފިރިހެން އަދި އަންހެން ކެޓަގަރީގައި ވެސް ގަދަ ހަތަރެއްގެ ތެރޭގައި އޭނާ އާއެކު މެރަތަން ރަނާސްގައި ތަމްރީން ހަދަމުން އަންނަ ދުވުންތެރިން ވަނީ ރޭސް ނިންމައިފަ އެވެ.

ފިރިހެން ކެޓަގަރީގެ ދެވަނަ އަދި ތިން ވަނަ ހޯދީ ނަސްރުގެ ކޯޗުކަމުގެ ދަށުން މެރަތަން ރަނާސްގެ ޓީމާއެކު ތަމްރީން ހަދަމުން އަންނަ ޔޫސުފް އިބްރާހިމް އާއި މުހައްމަދު ރަޝީދު (މޯޑް) އެވެ. ފިރިހެން ބައިގެ އެއްވަނަ ހޯދީ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.

އަންހެން ކެޓަގަރީގައި ތިންވަނަ އަދި ހަތަރު ވަނައިގައި ރޭސް ނިންމީ މެރަތަން ރަނާސްގެ ޓީމާއެކު ޓްރޭނިން ހަދަމުން އަންނަ އައިޝަތު ރާނިޔާ އާއި އައިޝަތު ރިޝްމީ އެވެ. އެކެޓަގަރީގެ އެއްވަނަ ހޯދީ އައިމިނަތު ޖައިޝާ ޖުނީޒް އެވެ. އަދި ދެވަނަ ހޯދީ މަރަޔްމަ އަބްދުލް ކަރީމް (މަރީ) އެވެ.