Roadha Mihaaru
ނޭޝަންސް ލީގު: ހަންގޭރީން އިންގްލެންޑް ބަލިކޮށްފި

ނޭޝަންސް ލީގު: ހަންގޭރީން އިންގްލެންޑް ބަލިކޮށްފި

05 ޖޫން 2022

ބުޑަޕެސްޓް (ޖޫން 5) - ޔޫއެފާ ނޭޝަންސް ލީގުގެ އޭ އިން އަލަށް ޖާގަ ހޯދި ހަންގޭރީން މި ސީޒަނުގައި އެޓީމު ކުޅުނު ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި 1-0 އިން އިންގްލެންޑުގެ މައްޗަށް ކުރި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބުޑަޕެސްޓް (ޖޫން 5) - ޔޫއެފާ ނޭޝަންސް ލީގުގެ އޭ އިން އަލަށް ޖާގަ ހޯދި ހަންގޭރީން މި ސީޒަނުގައި އެޓީމު ކުޅުނު ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި 1-0 އިން އިންގްލެންޑުގެ މައްޗަށް ކުރި ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ޔޫއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހަންގޭރީގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ނަސްލީ ދިމާކުރުންތަކާ ގުޅިގެން ޔޫއެފާ އިން މި މެޗު ކުޅެން ހަމަޖެއްސީ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ހަންގޭރީގެ ސަޕޯޓަރުން އިންގްލެންޑުގެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކޮށްލުމުން ފީފާ އިން ވަނީ އެޓީމުގެ ތިން މެޗަކަށް ސަޕޯޓަރުން ނުވައްދަން އަންގައިފަ އެވެ.

ކުޅިބަލަން ދަނޑަށް ވަދެ ތިބި ހަންގޭރީގެ ބައެއް ސަޕޯޓަރުން: ޔޫއެފާގެ ގަވާއިދާ އެއްގޮތަށް ހަންގޭރީން ދަނޑަށް ވައްދާފައި ވަނީ 14 އަހަރުން ދަށުގެ ކުޑަކުދިން، ބެލެނިވެރިއަކާ އެކު.-- ފޮޓޯ: އޭއެފްޕީ

ކުޅިބަލަން ދަނޑަށް ވަދެ ތިބި ހަންގޭރީގެ ބައެއް ސަޕޯޓަރުން: ޔޫއެފާގެ ގަވާއިދާ އެއްގޮތަށް ހަންގޭރީން ދަނޑަށް ވައްދާފައި ވަނީ 14 އަހަރުން ދަށުގެ ކުޑަކުދިން، ބެލެނިވެރިއަކާ އެކު.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް ހަންގޭރީގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ޔޫއެފާ ގަވާއިދުގެ ދަށުން 30،000 އެއްހާ ސަޕޯޓަރުން ކުޅިބަލަން ދަނޑަށް ވައްދައިފަ އެވެ. ޔޫއެފާ ގަވާއިދުގައިވާ ގޮތުން ސަޕޯޓަރުން ނުވައްދާ ކުޅޭ މެޗުތަކަށް، ބެލެނިވެރިއަކާ އެކު 14 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަނޑަށް ވަނުމުގެ ފުރުސަތު ދެވިދާނެ އެވެ. އެހެންކަމުން މެޗު ބަލަން ދަނޑަށް ގިނައިން ވަދެ ތިބީ ސްކޫލް ކުދިންނެވެ.

ދެ ޓީމުގެ ގައުމީ ސަލާމުގެ ވަގުތުކޮޅު ދިޔައީ އަމާން ކޮށެވެ. އެކަމަކު މެޗު ފެށުމުގެ ކުރިން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ގެންނަ ހިނދުކޮޅުގައި އިނގިރޭސި ކުޅުންތެރިން އެއްކަކޫ މައްޗަށް ތިރިވި ވަގުތު ދަނޑުގައި ތިބި ޒުވާން ކްރައުޑުން ވެސް ވަނީ ފުރައްސާރައިގެ ރާގަށް އަޑުގަދަ ކޮށްފަ އެވެ. ނަމަވެސް އެއީ ޔޫއެފާ ގަވާއިދާ ހިލާފު ކަމަކަށް ނުވާތީވެ ޔޫއެފާ އިން އެކަމާ ފިޔަވަޅެއް ނާޅާނެ އެވެ.

ހަންގޭރީން މޮޅުވި ޕެނަލްޓީ ކާމިޔާބު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަންގޭރީން މޮޅުވި ޕެނަލްޓީ ކާމިޔާބު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަންގޭރީ މޮޅުކޮށްދިން ލަނޑު 66 ވަނަ މިނިޓުގައި ޖަހައިދިނީ އާރުބީ ލައިޕްޒިގަށް ކުޅޭ ޒުވާން މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލައި އެވެ. މިއީ ޗެލްސީ އަށް ކުޅޭ އިނގިރޭސި ކަނާތުބެކް ރީސް ޖޭމްސް ކުޅެން ނުކުތްތާ ދެ މިނިޓުތެރޭ ކުރި ކުށަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ލެސްޓާ ސިޓީ އަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް ޖަސްޓިން، ސީނިއާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާ ވެގެން ބޭލުމުން، އެ ޓީމުން ދެވަނަ ހާފު ފެށީ، އާސެނަލްގެ ބުކަޔޯ ސަކާ ކުޅެން އަރުވައިގެންނެވެ.

ސަކާ ވަނީ މި ހާފުގައި ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. ނަމަވެސް ހަންގޭރީގެ ގޯލްކީޕަރު ޕީޓާ ގުލާކްސީ ވަނީ އެ ހަމަލާ ފައިން ދިފާއު ކޮށްފަ އެވެ. ކެޕްޓަން ހެރީ ކޭން އާއި އިނގިރޭސި ޖޯޒީގައި މުޅިން އަލަށް ކުޅޭ ވެސްޓް ހޭމްގެ ފޯވާޑް ޖަރޯޑް ބޯވެން ވެސް ވަނީ މި މެޗުގައި ފުލްކޮށް ކުޅެފަ އެވެ. ނަމަވެސް ދުނިޔޭގެ ރޭންކިން 40 ވަނައިގައި އޮތް ހަންގޭރީ އަތުން ޓީމު ސަލާމަތެއް ނުކޮށްދެވުނެވެ.

ހަންގޭރީއާ އެކު އިންގްލެންޑް ދެން މި ގުރޫޕުގައި ވާދަކުރަން ޖެހޭނީ ޖަރުމަނާއި އިޓަލީއާ ދެކޮޅަށެވެ. އިންގްލެންޑުގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ ބެޔާން މިއުނިކުގެ އެލިއެންޒް އެރީނާގައި ޖަރުމަނާ ދެކޮޅަށެވެ.