ދުނިޔޭގެ އެންމެ ދިގު ބިއްލޫރި ބްރިޖުގެ ރިކޯޑް، މިދިޔަ އެޕްރީލް މަހު ވިއެޓްނާމްގައި ހުޅުވި ބިއްލޫރި ބްރިޖަކަށް ލިބިއްޖެ އެވެ.
ދުނިޔޭގެ އެންމެ ދިގު ބިއްލޫރި ބްރިޖުގެ ރިކޯޑް، މިދިޔަ އެޕްރީލް މަހު ވިއެޓްނާމްގައި ހުޅުވި ބިއްލޫރި ބްރިޖަކަށް ލިބިއްޖެ އެވެ.
ގިނިސް ވޯލްޑް ރިކޯޑް ފޮތުގައިވާ ގޮތުން، ކުރިން ދުނިޔޭގެ އެންމެ ދިގު ބިއްލޫރި ބްރިޖަކީ ޗައިނާގެ ގުއަންޑޮންގައި ހުންނަ 1،726 ފޫޓުގެ ބްރިޖެކެވެ.
އެ ރިކޯޑް މުގުރާލީ، ވިއެޓްނާމްގެ ސަން ލަ ޕްރޮވިންސްގެ ހުޅަނގުއުތުރު ހިސާބެއްގައި ހަދާފައިވާ ބެޗް ލޯންގް ކިޔާ ބިއްލޫރި ބްރިޖެކެވެ. އެ ބްރިޖު ހަދާފައި ވަނީ ފަރުބަދައެއް މަތީގައި ހަދާފައިވާ، އެ ގައުމުގެ މަޝްހޫރު ރިސޯޓަކަށް ދެވޭ ގޮތަށެވެ. އެ ބްރިޖުގައި ހުންނައިރު، އެ ތަނާ ކައިރީގައި އޮންނަ ވަރަށް ރީތި ރެއިންފޮރެސްޓެއް ވެސް ފެނެ އެވެ.
ވިއެޓްނާމްގައި މިދިޔަ އެޕްރީލް މަހު ހުޅުވި ބިއްލޫރި ބްރިޖުގެ މަތީގައި ބަޔަކު މަޑުކޮށްލައިގެން.
މިދިޔަ ހަފުތާގައި ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ހިމެނި އެ ބްރިޖު ހުންނަނީ ބިމާ 492 ފޫޓު އުހުގަ އެވެ. އެ ބްރިޖުގެ ދިގުމިނުގައި 2،073 ފޫޓް ހުރެ އެވެ. އަދި އެއް ފަހަރާ 450 މީހުންނަށް އެ ބްރިޖުގެ މައްޗަށް އެރެ އެވެ.
ޓޫރިޒަމް ކުރިއެރުވުމަށް އެ ބްރިޖު އިމާރާތްކުރީ ވިއެޓްނާމްގެ ޓޫރިޒަމްގެ ކަންކަމާ ބެހޭ އިދާރާ އާއި ފްރާންސްގެ ކުންފުންޏަކާ ގުޅިގެންނެވެ.
އެ ބްރިޖަކީ ވިއެޓްނާމްގައި ހެދި ތިން ވަނަ ބިއްލޫރި ބްރިޖެވެ.
ވޯލްޑް ރެކޯޑުގައި ބައިވެރިވާން އާންމުންނަށް ހުޅުވާލައިފި
ވޯލްޑް ރެކޯޑްހަދަން ފިލިތެޔޮ ރިސޯޓުން 60 ސްޓާފުން
ރެކޯޑް ހެދުމުގެ ޕާޓްނަރަކަށް އެންވަޔަރްމެންޓް މިނިސްޓްރީ
1،900 މީޓަރު އުހުގައި އޮތް ވަލެއް މަތީ ހިނގަައިފި
ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގައި 289 ގްރާމް
ރާއްޖޭގައި އަނެއްކާވެސް ރެކޯޑެއް
އެންމެ ދިގާއި އެންމެ ކުރުގެ ބައްދަލުވުން
އެންމެ ދުވަސްވީ މީހާގެ އުމުރުން 117 އަހަރު
ރެކޯޑް ހަދަން އެކަނި ހުރިހާ ގައުމަކަށް ދަތުރުކުރަނީ
ދޫ އެންމެ ދިގު މީހާގެ ރެކޯޑް މުގުރާލަނީ