އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި ފްރީ ޑައިވްކުރުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ އިވެންޓުގެ އެންވަޔަރްމެންޓް ޕާޓްނަރަކަށް އެންވަޔަރްމެންޓް މިނިސްޓްރީ ހަމަޖައްސައިފި އެވެ.
އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި ފްރީ ޑައިވްކުރުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ އިވެންޓުގެ އެންވަޔަރްމެންޓް ޕާޓްނަރަކަށް އެންވަޔަރްމެންޓް މިނިސްޓްރީ ހަމަޖައްސައިފި އެވެ.
އޮކްޓޯބަރު މަހު ބާއްވަން ތައްޔާރުވާ މި އިވެންޓަކީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން ބާއްވާ ދެވަނަ ވޯލްޑް ރެކޯޑް އިވެންޓެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް "ނޭވާ 2" ގެ ނަމުގައި، ރިސޯޓް މުވަޒަފުންނަށް ހާއްސަކޮށް ބާއްވާ އިވެންޓްގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އެ އިވެންޓްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.
ފްރީ ޑައިވް މޯލްޑިވްސް އާއި އެންވަޔަރްމެންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ
ފްރީ ޑައިވް މޯލްޑިވްސްއިން ބުނީ އިވެންޓްގައި ބައިވެރިވާ ރިސޯޓް މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އާންމުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ އެވެ. ރަޖިސްޓްރީކުރާ އާންމުންގެ ތެރެއިން އިވެންޓްގައި ބައިވެރިކުރާނީ ނޭވާލުމުގެ ޓެސްޓްތައް ހެއްދުމަށް ފަހު ރަނގަޅު ކޮންޑިޝަންގައި ތިބި މީހުން ކަމަށް ޑައިވް މޯލްޑިވްސްއިން ބުންޏެވެ. އާންމުން ބައިވެރިވާ އިވެންޓް ކުރިއަށްދާނީ ކްރޮސް ރޯޑްގެ މޫދުގަ އެވެ.
މީގެ ކުރިން ވެސް އެ ޖަމިއްޔާ އިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ހިމަނާފައިވެ އެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.
ހއ.އިން އައްޑުއަށް ފީނައި، ދުނިޔޭގެ ރެކޯޑެއް ހަދަނީ
ވޯލްޑް ރެކޯޑްގެ ފުރުސަތު އެސްއޯއީ ކްލަބްތަކަށް
ވިއެޓްނާމްގެ ބިއްލޫރި ބްރިޖަކަށް ދުނިޔޭގެ ރިކޯޑް
ވޯލްޑް ރެކޯޑުގައި ބައިވެރިވާން އާންމުންނަށް ހުޅުވާލައިފި
ވޯލްޑް ރިކޯޑް ހަރަކާތުގެ ޕާޓްނަރަކަށް މޯލްޑިވިއަން
ވޯލްޑް ރެކޯޑްހަދަން ފިލިތެޔޮ ރިސޯޓުން 60 ސްޓާފުން
ވޯލްޑް ރެކޯޑް ހާއްސަކުރަނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް
1،900 މީޓަރު އުހުގައި އޮތް ވަލެއް މަތީ ހިނގަައިފި
ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގައި 289 ގްރާމް
ސަތޭކަ "މާމެއިޑް" ޑައިވްކޮށް ރެކޯޑް ހަދައިފި