Roadha Mihaaru
ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގައި 289 ގްރާމް

ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގައި 289 ގްރާމް

19 ފެބުރުއަރީ 2022

އިޒުރޭލުގެ ދަނޑުވެރިއަކު ހެއްދި ސްޓްރޯބެރީއެއް ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގެ ރިކޯޑް މުގުރާލާއި، ގިނިސް ވޯލްޑް ރިކޯޑްސް ފޮތުގައި ހިމެނިއްޖެ އެވެ.

އިޒުރޭލުގެ ދަނޑުވެރިއަކު ހެއްދި ސްޓްރޯބެރީއެއް ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގެ ރިކޯޑް މުގުރާލާއި، ގިނިސް ވޯލްޑް ރިކޯޑްސް ފޮތުގައި ހިމެނިއްޖެ އެވެ.

ގިނިސް ވޯލްޑް ރިކޯޑްސް އިން ބުނި ގޮތުގައި އެ ސްޓްރޯބެރީގައި 289 ގުރާމް ހުއްޓެވެ. އެއީ އާންމުކޮށް ސްޓްރޯބެރީއެއްގައި ހުންނަ ބަރުދަނަށް ވުރެ ފަސް ގުނަ ބޮޑު އަދަދެއް ކަމަށް ބުންޏެވެ.

އެ ސްޓްރޯބެރީގެ ދިގުމިނުގައި ހަތް އިންޗި ހުރި އިރު، ފުޅާމިނުގައި 13 އިންޗި ހުއްޓެވެ.

އޭގެ ބަރުދަން އެހާ ބޮޑުވާން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ މިދިޔަ އަހަރު ފިނި މޫސުމުގައި، އެ އިޒުރޭލު ދަނޑުވެރިއާގެ ސްޓްރޯބެރީ ދަނޑުގައި ހެއްދި ސްޓްރޯބެރީތައް ދޮން ވާން ގިނަ ވަގުތު ނެގުމުން ކަމަށް ގިނިސް ވޯލްޑް ރިކޯޑްސްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެންމެ ބަރު ސްޓްރޯބެރީ ހައްދައިގެން ކުރިން އެ ރިކޯޑް ދެމެހެއްޓީ ޖަޕާނުގެ ދަނޑުވެރިއެކެވެ. ޖަޕާނުގެ އެ ދަނޑުވެރިޔާ 2015 ގައި ހެއްދި ސްޓޯބެރީއެއްގައި 250 ގްރާމު ހުއްޓެވެ.