07 ޖޫން 2022
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސާލިމް ޚާން، މަރާލާނެ ކަމުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފި އެވެ. އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑިޖަހައި، މަރާލި މައްސަލައާ އެކު ސަލްމާންގެ ސެކިއުރިޓީ ވެސް ވަރުގަދަކުރި އެވެ. ސިންދޫ މަރާލުމުގެ ޒިންމާ ނަގާފައި ވަނީ 2018 ވަނަ އަހަރު ސަލްމާން މަރާލާނެ ކަމުގެ އިންޒާރު ދިން ގޭންގަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާންގެ ބައްޕަ އަށް ކާކުކަން ނޭނގޭ މީހަކު ފޮނުވި ސިޓީއެއް ލިބުނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހިނގަން ނުކުމެ އުޅެނިކޮށެވެ.
އެ ސިޓީއާ ގުޅިގެން އިންޑިއާގެ ފުލުހުން ބުނެފައި ވަނީ ސަލްމާނާއި އޭނާގެ ބައްޕަ އަށް ދީފައި ވަނީ މަރުގެ އިންޒާރު ކަމަށެވެ. އޭގައި ވަނީ ސީދޫ އަށް ކޮށްލިވަރު އެ މީހުންނަށް ވެސް ކޮށްލާނެ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ސިޓީ ފެނުނީ ބެންޗެއްގެ މަތީގައި އޮއްވާ ސާލިމްގެ ސެކިއުރިޓީ އޮފިސަރަކަށެވެ. ސާލިމަކީ އަބަދުވެސް ކޮންމެ ދުވަަހަކު ހެނދުނު ހިނގާލަން ނުކުންނަ މީހެއް ކަމަށާއި އާންމުކޮށް އޭނާ ކޮންމެ ދުވަހަކު ވެސް ވަކި ސަރަހައްދެއްގައި ބްރޭކެއް ނެގުމަށް ހުއްޓޭ ކަމަށް ފުލުހުން ބުނެ އެވެ. އިންޒާރުގެ ނޯޓު ބާއްވާފައި އޮތީ އެތަނުގައި ކަމަށްވެ އެވެ.
އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށް އެގޭގެ ދޮށުގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.
ސަލްމާނާއި ބައެއް ތަރިންނަށް މަރުގެ އިންޒާރު
ހަތިޔާރު ގެންގުޅުމުގެ ހުއްދައަށް ސަލްމާން އެދިއްޖެ
ސްވަރާ އަށް މަރުގެ އިންޒާރު ދީފި
މަނީ ލޯންޑްރިންއާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ
ފުލުހަކާއި އާއިލާއަށް ގޭންގަކުން ބިރުދެއްކިތޯ ބަލަނީ
އަހަރެންގެ ރައްޓެއްސަކަށް ހުރީ ސަލްމާން ހާން: ސަންޖޭ
ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ
ސަލްމާންގެ ގެއަށް ބަޑި ޖެހި ދެމީހުން ހައްޔަރުކޮށްފި
ސަލްމާން ހާންގެ ގެއަށް ބަޔަކު ބަޑި ޖަހައިފި
ކަރަންގެ ފިލްމު ސަލްމާން ދޫކޮށްލައިފި