Roadha Mihaaru
ސަލްމާނާއި ބައެއް ތަރިންނަށް މަރުގެ އިންޒާރު

ގޭންގަކުން މަރުގެ އިންޒާރު ދޭތީ ސަލްމާނާއި ބައެއް ތަރިންގެ ސެކިއުރިޓީ ވަރުގަދަކޮށްފި

02 ނޮވެމްބަރ 2022

ބޮލީވުޑް އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ހާން، އަކްޝޭ ކުމާރު އަދި އަނޫޕަމް ކީރް އަށް ގޭންގަކުން ބިރު ދެއްކުމާ ގުޅިގެން އިންޑިއާގެ މަހަރަސްތުރާ ސަރުކާރުން އެ އެ ތަރިންނަށް ފުލުހުންގެ ހާއްސަ ސެކިރިޓީ ދޭން ނިންމައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ހާން، އަކްޝޭ ކުމާރު އަދި އަނޫޕަމް ކީރް އަށް ގޭންގަކުން ބިރު ދެއްކުމާ ގުޅިގެން އިންޑިއާގެ މަހަރަސްތުރާ ސަރުކާރުން އެ އެ ތަރިންނަށް ފުލުހުންގެ ހާއްސަ ސެކިރިޓީ ދޭން ނިންމައިފި އެވެ.

މި ފަންނާނުންނަށް އެކި ގޮތްގޮތުން އިންޒާރު ދީ ބިރު ދައްކަނީ ބިޝޯނީ ކިޔާ ގޭންގަކުންނެވެ. އެއީ ރެޕާ ސިއްދޫ މޫސްވެލާގެ މަރުގެ ފަހަތުގައި ވެސް އޮތް ކަމަށް ތުހުމަތުކުރެވޭ ގޭންގެވެ.

މި އަހަރު ޖޫން މަހު ސަލްމާން ހާން އަދި އޭނާގެ ބައްޕަ އަށް ވެސް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އެކަމާ ގުޅިގެން ސަލްމާނަށް ވެސް އަންނަނީ ފުލުހުންގެ ސެކިއުރިޓީ ދެމުންނެވެ.

ނަމަވެސް މިހާރު ސެކިއުރިޓީ ވަރުގަދަ ކުރުމަށް "ފޯ އާމްޑް ސެކިއުރިޓީ" ހުރިހާ ވަގުތެއްގައި ދޭން ވަނީ ނިންމައިފަ އެވެ.

ސަލްމާން ހާން މަރާލަން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް މަސައްކަތްކޮށްފައިވެ އެވެ.