ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އެކްޓަރު ޒަހީރު އިގްބާލަކީ ލޯބިވެރިން ކަމަށް އެމީހުން ބުނެފި އެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުގަދަވެފައި ވަނިކޮށް އެކަން ރަސްމީކޮށް އިއުލާންކުރީ ސޮނާކްޝީގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމަށް ކުރި ޕޯސްޓެއްގަ އެވެ.
ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އެކްޓަރު ޒަހީރު އިގްބާލަކީ ލޯބިވެރިން ކަމަށް އެމީހުން ބުނެފި އެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުގަދަވެފައި ވަނިކޮށް އެކަން ރަސްމީކޮށް އިއުލާންކުރީ ސޮނާކްޝީގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމަށް ކުރި ޕޯސްޓެއްގަ އެވެ.
މި މަހުގެ ދެވަނަ ދުވަހު ސޮނާކްޝީ، އޭނާގެ 35 ވަނަ އުފަންދުވަސް ފާހަގަކުރި ނަމަވެސް ޒަހީރު ސޮނާކްޝީ އަށް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވީ ރޭގެ ވަގުތެއްގަ އެވެ.
ސޮނާކްޝީ ފްލައިޓެއްގައި ބާގާއެއް ކާން އިން ވީޑިއޯއެއް އާންމުކޮށް، ކެޕްޝަންގައި ޖަހާފައި ވަނީ އެ ވީޑިއޯއިން ފެންނަނީ އެމީހުން އެކަކު އަނެކަކު އެނގުނު ވަގުތު ކަމަށެވެ. އެންމެންގެ ލޮލުގައި ވެސް އަަޅައިގަތީ ކެޕްޝަނުގެ ތެރެއިން "އައި ލަވް ޔޫ" ޖަހާފައި އިނުމުން އެއަށެވެ.
އެ ވީޑިއޯ އަށް ދިން ރިޕްލައި ސޮނާކްޝީ ވެސް ވަނީ "ލަވް ޔޫ" އޭ ޖަހައިފަ އެވެ.
"އައި ލަވް ޔޫ. ނައު އައި އޭމް ކަމިން ޓު ކިލް ޔޫ،" ސޮނާކްޝީ ދިން ރިޕްލައިގައިވެ އެވެ.
"ދަ ނޯޓްބުކް" އިން ބޮލީވުޑަށް ނިކުތް ޒަހީރަކީ ގަހަނާގެ ވިޔަފާރިކުރާ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ.
ދަބަންގްގެ ތަރި ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވިކަން އިއުލާންކުރުމުން އެމީހުންގެ ސަޕޯޓަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަނަންޔާގެ އާ ލޯބިވެރިޔަކީ އެމެރިކާ މީހެއް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
އަދިތުޔަ އާއި އަނަންޔާ ވަކިވެއްޖެ
މުނައްވަރާއި އޭނާގެ ލޯބިވެރިޔާގެ ލަވައެއް
ލޯބީގެ ލަވައެއް ކުޅެފައި ޝަމީތާ އާއި ރާގޭޝް ރުޅިވެއްޖެ
ސާރާއާއެކު ގުޅުމެއް އޮތް ކަމަށް ކާތިކް އެއްބަސްވީތަ؟
ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި
ސިދާތާއި ކިއާރާ، ރުޅިއެއް ނުވޭ