Roadha Mihaaru
ކްރޫޒްގެ "ޓޮޕް ގަން" އަށް 500 މިލިއަން

ކްރޫޒްގެ "ޓޮޕް ގަން" އަށް 500 މިލިއަން

07 ޖޫން 2022

އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލީޑް ރޯލުން ފެންނަ "ޓޮޕް ގަން: މެވަރިކް" އަށް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލީޑް ރޯލުން ފެންނަ "ޓޮޕް ގަން: މެވަރިކް" އަށް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ޓޮޕް ގަން އަކީ ޓޮމް ކްރޫޒް އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދަން ފެށި ފިލްމު ސީރީޒްގެ ފިލްމެކެވެ. އެ ފިލްމާ އެކު ކްރޫޒް ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދައިފަ އެވެ. ޓޮޕް ގަން ފުރަތަމަ ރިލީޒްކޮށްފައިވަނީ 1986 ވަނަ އަހަރު އެވެ.

އެ ފިލްމަށް ރަނގަޅު ރިވިއުތައް ލިބޭއިރު އެ ފިލްމަކީ ދުވަސްވީ މީހުންގެ ތެރޭގައި މަގުބޫލު ފިލްމެކެވެ. އެ ފިލްމުގެ ސީކުއެލް "މެވަރިކް" އަށް އެމެރިކާ އިން އެކަނި ވެސް ވަނީ 200 މިލިއަންއާ ގާތްކުރާ އަދަދުގެ އާމްދަނީއެއް ލިބިފަ އެވެ.

ކްރޫޒްގެ އިތުރުން ފިލްމުން ފެންނާނީ ޖެނިފާ ކޮނޮލީ އާއި މައިލްސް ޓެލާ އަދި ގްލެން ޕަވެލް އެވެ. މެވަރިކް އަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ލަފާކުރާއިރު ފިލްމުގެ ރިވިއުތައް ވެސް ވަރުގަދަ އެވެ. ރޮޓެން ޓޮމާޓޯސްގައި އެކަނި ވެސް އެ ފިލްމަށް ވަނީ 97 ޕަސެންޓްގެ ރޭޓިންއެއް ލިބިފަ އެވެ.