Roadha Mihaaru
ޓޮމް ކްރޫޒް އެކްޓިން ދޫކޮށްލާކަށް ބޭނުމެއް ނުވޭ

ޓޮމް ކްރޫޒް އެކްޓިން ދޫކޮށްލާކަށް ބޭނުމެއް ނުވޭ

06 ޖުލައި 2023

އެކްޓުކުރުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް ބުނެފި އެވެ.

އެކްޓުކުރުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް ބުނެފި އެވެ.

އަންނަ ހޯމަ ދުވަހު ޕްރިމިއާކުރާ ޓޮމް ކްރޫޒްގެ އާ ފިލްމު "މިޝަން އިމްޕޮސިޕަލް ޑެޑް ރިކޮނިން ޕާޓް ވަން"ގެ ޕްރިމިއާ އިވެންޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ މިސާލެއްގެ ގޮތުގައި ނެގީ ހޮލީވުޑްގެ ލެޖެންޑް ހެރިސަން ފޯޑް އެވެ.

އޭނާ ބުނި ގޮތުގައި، އުމުރުން 81 އަހަރުގައި ހެރިސަން ފޯޑް ވެސް އަދިވެސް އޭނާގެ އެކްޓިން ކެރިއަރު މަޑުޖައްސާނުލަ އެވެ.

"ހެރިސަން ފޯޑް އަކީ ލެޖެންޑެއް. އަހަރެން އުއްމީދުކުރަނީ އޭނާއާ އެއްގޮތަށް ކުރިއަށް ދާން. އޭނާ ހުރި ހިސާބަށް ދިއުމަށް އަދި އިތުރު 20 އަހަރު އަހަންނަށް ބޭނުންވޭ،" 61 އަހަރުގެ ޓޮމް ކްރޫޒް ބުންޏެވެ.

"އަހަރެން އުއްމީދުކުރަނީ އެ އުމުރަށް ދަންދެން މިޝަން އިމްޕޮސިބަލްގެ ފިލްމުތައް ހެދުން."

ޓޮމް ކްރޫޒްއަކީ މިހާރު ހޮލީވުޑްގައި ހުރި އެންމެ ހީވަގި އެއް އެކްޓަރެވެ. އޭނާގެ މިޝަން އިމްޕޮސިބަލް ފިލްމުތަކުގައި ދައްކާ ހުނަރުން އެކަމަށް ހެކިދެ އެވެ.