Roadha Mihaaru
ކޮންމެ އުފަންދުވަހަށް ކްރޫޒްގެ ފަރާތުން ހަދިޔާއެއް

ކޮންމެ އުފަންދުވަހަށް ޓޮމް ކްރޫޒްގެ ފަރާތުން ހާއްސަ ހަދިޔާއެއް

13 ޖޫން 2024

ހޮލީވުޑް ތަރި ޑަކޯޓާ ފޭނިންގެ އުމުރުން 11 އަހަރުން ފެށިގެން ކޮންމެ އުފަންދުވަހަކު، ހޮލީވުޑްގެ ސުޕަސްޓާރު ޓޮމް ކްރޫޒް އޭނާ އަށް ބޫޓެއް ހަދިޔާކުރާ ކަމަށް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހޮލީވުޑް ތަރި ޑަކޯޓާ ފޭނިންގެ އުމުރުން 11 އަހަރުން ފެށިގެން ކޮންމެ އުފަންދުވަހަކު، ހޮލީވުޑްގެ ސުޕަސްޓާރު ޓޮމް ކްރޫޒް އޭނާ އަށް ބޫޓެއް ހަދިޔާކުރާ ކަމަށް ބުނެފި އެވެ.

މީގެ 19 އަހަރު ކުރިން 2005 ގައި ރިލީޒްކުރި "ވޯ އޮފް ދަ ވޯލްޑް" އަކީ ފޭނިން އާއި ޓޮމް އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ. އޭރު ފޭނިންގެ އުމުރުން ވާނީ އެންމެ 11 އަހަރެވެ.

"ކެލީ ކްލާކްސަން ޑޭ ޓައިމް ޝޯ" އަށް މިފަހުން ދިން އިންޓަވިއުގައި ފޭނިން ބުނީ އޭނާގެ 11 ވަނަ އުފަންދުވަހު ޓޮމް އޭނާ އަށް ދިނީ މޮޓޮރޮއްލާ ފޯނެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި ކޮންމެ އުފަންދުވަހަކު ބޫޓެއް ހަދިޔާކުރާ ކަމަށް ބުންޏެވެ.

ވޯލްޑް އޮފް ވޯގެ މަންޒަރެއް.

ވޯލްޑް އޮފް ވޯގެ މަންޒަރެއް.

ކޮންމެ އުފަންދުވަހަކަށް ބޫޓެއް ހަދިޔާކުރަން ފެށީ އޭނާ އަކީ ބޫޓަށް ލޯބި ކުރާ މީހެއްކަން ޓޮމް އަށް އެނގުމުން ކަމަށް ފޭނިން ބުންޏެވެ.

ފިލްމް "ވޯލްޑް އޮފް ވޯ"ގައި ޓޮމް ކުޅުނީ ފޭނިންގެ ބައްޕަގެ ރޯލެވެ. އޭގެ ފަހުން ނުކުތް "އައި އޭމް ސޭމް" އާއި "އަޕް ޓައުން ގާލްސް" އަދި "މެން އޮން ފަޔާ"ގައި އެ ދެތެރިން އެކުގައި މަސައްކަތްކޮށްފައިވެ އެވެ.