07 ޖޫން 2022
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ވޭތުވެދިޔަ ފަސް މަހުން ޓެކްސްގެ ގޮތުގައި އަށް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ވޭތުވެދިޔަ ފަސް މަހުން ޓެކްސްގެ ގޮތުގައި އަށް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީއިންނެވެ. ޓީޖީއެސްޓީއިން ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީއެސްޓީއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިން 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 445 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ ހަ ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންވެ މި އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތުގެ ޓެކްސް އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ ފަސް މަހު ދައުލަތަށް ވަނީ 11 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އޭގެ ތެރެއިން 75 ޕަސެންޓު ހިއްސާ ކުރަނީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ.
މި އަހަރުގެ ބަޖެޓުގައި ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 15.3 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެހެންވެ ދައުލަތަށް ޓެކްސް އިން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 50 ޕަސެންޓް މިހާރު ވެސް ވަނީ ހާސިލްވެފަ އެވެ.
މިދިޔަ އަހަރު ދައުލަތަށް 24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
ޓީޖީއެސްޓީ ދިވެހި ރުފިޔާ އިން ދެއްކޭ ގޮތަށް ހަދައިފި
އެންމެ ބޮޑު ފައިދާއެެއް ލިބުނީ ވިޔަފާރީގެ ޓެކްސްއިން
ފައިސާ ނުދެއްކުމުން މަޝްރޫއުތަކަށް ހުރަސް އެޅޭ
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި
މޫޑީސް އިން ރާއްޖެއަށް ދިނީ "ސީއޭއޭ2" ރޭޓިންއެއް
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ