Roadha Mihaaru
ނެޓްފްލިކްސްގެ ބޮޑެތި ޝޯތަކެއްގެ ގޭމް ނެރެނީ

ނެޓްފްލިކްސްގެ ބޮޑެތި ޝޯތަކެއްގެ ގޭމް ނެރެނީ

12 ޖޫން 2022

އެމެރިކާގެ މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ އެންމެ ބޮޑެތި ޝޯތަކުގެ ތެރޭގައި ހިމެނޭ ބައެއް ޝޯތަކަށް ބިނާކޮށް މޯބައިލް ގޭމްތައް ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ އެންމެ ބޮޑެތި ޝޯތަކުގެ ތެރޭގައި ހިމެނޭ ބައެއް ޝޯތަކަށް ބިނާކޮށް މޯބައިލް ގޭމްތައް ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

ނެޓްފްލިކްސް އިން ނެރުނު ބަޔާނެއްގައި ބުނީ ނެޓްފްލިކްސް ޝޯތަކަށް ބިނާކޮށް ތަފާތު އެކި ކަހަލަ ގޭމްތައް މި އަހަރު ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ވެސް ނުވަ ގޭމް ނެރުމަށް ހަމަޖެހިފައިވެ އެވެ.

އެ ގޭމްތައް އުފައްދާ ޝޯތަކުގެ ތެރޭގައި ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ހިޓު ގޭމް "މަނީ ހައިސްޓް" ވެސް ހިމެނެ އެވެ. އޭގެ އިތުރުން، "ކުއީންސް ގެމްބިޓް" އާއި "އެލީޓް" ފަދަ ޝޯތަކަށް ބިނާކޮށް ގޭމްތައް އުފެއްދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ގޭމްތައް ކުޅެން ލިބޭނީ ނެޓްފްލިކްސް ޕްލެޓްފޯމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝޯތަކަށް ބިނާކޮށް އުފައްދާ ގޭމްތަކުގެ ތެރޭގައި "ޕަޒުލް" ގޭމްތަކާއި "އެޑްވެންޗާ" އަދި "އެކްޝަން" ގޭމްތައް ވެސް ހުންނާނެ ކަމަށް ނެޓްފްލިކްސް އިން ބުނެ އެވެ. އެ ގޭމްތައް ޑިޒައިން ކުރާނީ އެކަނި އަދި އެހެން މީހުންނާއެކު ވެސް ކުޅެވޭނެ ގޮތަށެވެ.