ނެޓްފްލިކްސްގެ އިނގިރޭސި ސީރީޒް "ބްރިޖަޓަން"ގެ ތިން ވަނަ ސީޒަން އަށް އާންމުންގެ ތަރުހީބު ބޮޑުވެއްޖެ އެވެ.
14 ޖޫން 2024
ނެޓްފްލިކްސްގެ އިނގިރޭސި ސީރީޒް "ބްރިޖަޓަން"ގެ ތިން ވަނަ ސީޒަން އަށް އާންމުންގެ ތަރުހީބު ބޮޑުވެއްޖެ އެވެ.
"ބްރިޖަޓަން" އަކީ ކްރިސް ވެން ވޫޒެންގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ އެއްޗެކެވެ. އަދި މި ސީރީޒްގެ ޕްރޮޑިއުސަރަކީ އެމެރިކާގެ މަޝްހޫރު ޕްރޮޑިއުސަރު ޝޮންޑާ ރައިމްސް އެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ޖޫލިއާ ކްއިން ގެނެސްދިން ވާހަކައަށެވެ. މިއީ 18 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިވިލާތުގެ މުއްސަނދި އާއިލާތަކުގެ މެދުގައި މީހުންނާ އިނުމުގެ ސަގާފަތް އޮތް ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ.
މި ސީރީޒްގެ ތިންވަނަ ސީޒަންގެ ދެވަނަ ޕާޓު އިއްޔެ ވަނީ ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށައިފަ އެވެ. މި ސީޒަންގައި ފެންނަނީ ފޭނުންގެ ފޭވަރިޓް ޖޯޑު ކަމަށްވާ ޕެނެލޯޕް ފެތަރިންޓަން (ނިކޮލާ ކަފްލަން) އާއި ކޮލިން ބްރިޖާޓަން (ލޫކް ނިއުޓަން)ގެ ލޯބީ ގުޅުމެވެ.
"ބްރިޖަޓަން"ގެ މި ސީޒަން ވަނީ ކުރީގެ ދެ ސީޒަންގެ އޯޕެނިން ވީކެންޑްގެ ރިކޯޑު މުގުރާލައިފަ އެވެ. ތިންވަނަ ސީޒަން ޕްރިމިއާކުރި ފުރަތަމަ ހަފުތާ ބަންދުގައި ވަނީ 165.2 މިލިއަން ގަޑިއިރު ވަންދެން ބަލައިފަ އެވެ. އެކަމަކު ދެވަނަ ސީޒަން ޕްރިމިއާކުރި ފުރަތަމަ ހަފުތާ ބަންދުގައި ބަލާފައި ވަނީ 22.7 މިލިއަން ގަޑިއިރެވެ.
ތިންވަނަ ސީޒަންގެ ޓްރެއިލާތަކުގައި ވަނީ ޕެނެލޯޕް އަށް ލޭޑީ ވިސްލްޑައުންގެ ގޮތުގައި އޭނާގެ ޑަބަލް އައިޑެންޓިޓީ ނުދެމެހެއްޓޭނެ ކަމާއި ކޮލިން އަށް އޭނާގެ ސިއްރު ފަޅާއަރާނެ ކަމާއި އެ ހިސާބުން އެމީހުންގެ ގުޅުން ނިމޭނެ ކަމަށް އިޝާރާތްކޮށްފަ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
ސޯފިއާ މުޅިން ތަފާތު ރޯލަކުން
ކެނެޑީގެ ހަޔާތަށް ނެޓްފްލިކްސް އިން ސީރީޒެއް ހަދަނީ
"ވަން ޕީސް" ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި
ޑޭވިޑް ލެޓަމޭންގެ ޝޯގައި ޝާހްރުކް ހާން
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި