Roadha Mihaaru
ހުޅުމާލޭ ހޮސްޕިޓަލަށް އުފަންވާކުދިންނަށް އެސްޓީއޯގެހަދިޔާ

ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯގެ "ގިފްޓް ޕެކް" ދޭން ފަށައިފި

16 ޖޫން 2022

ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން "ގިފްޓް ޕެކް" ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން "ގިފްޓް ޕެކް" ދޭން ފަށައިފި އެވެ.

އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ.

ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް ފަސޭހަ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. އެ ކުންފުނިން ފެށި "ފަހުރުވެރި އާއިލާ" ކެމްޕެއިންގެ ދަށުން ގިނަ ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް މި ޕެކޭޖު އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، ޓްރީ ޓޮޕް އާއި ބައެއް ރަށްރަށުގެ ހޮސްޕިޓަލްތަކުން ވެސް މި ޕެކޭޖު ލިބޭނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ޓްވީޓް

އެސްޓީއޯއިން ބޭނުން ވަނީ މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން ފުޅާކުރުމަށެވެ.