Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލުގައި ސްޓެރިލައިޒްކުރާ ތަނެއް ހަދަނީ

ހުޅުމާލެ ހޮސްޕިޓަލުގައި ސްޓެރިލައިޒްކުރުމަށް ހާއްސަ ތަނެއް އެސްޓީއޯއިން ހަދަނީ

22 އޯގަސްޓް 2023

ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުންކުރާ ތަކެތި ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރާ ސީއެސްއެސްޑީ ޑިޕާޓްމެންޓް ހަދަން އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުންކުރާ ތަކެތި ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރާ ސީއެސްއެސްޑީ ޑިޕާޓްމެންޓް ހަދަން އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ސްޓެރަލައިޒިން އަށް ހާއްސަ އިކުއިޕްމަންޓު ހަދާ ކުންފުނި "މަޓަޗާނާ" އާ ގުޅިގެން އެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހައި އެ ތަނުގެ ހުރިހާ އިންޓީރިއާ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި "މަޓަޗާނާ" އިން އިކުއިޕްމެންޓްތައް ގެނެސް އިންސްޓޯލްކޮށް އެ އިކުއިޕްމަންޓުތައް ބޭނުންކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންތައް ވެސް ދޭން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ 262 ދުވަހުގެ ތެރޭގައި މި މަސައްކަތްތައް ނިންމާނެ ކަމަށެވެ.

ސީއެސްޑީ ޑިޕާޓްމަންޓަކީ އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް ރައްކާތެރިކޮށް ފަރުވާދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. މި ތަނުގައި ހޮސްޕިޓަލުގައި ބޭނުންކުރާ އިންސްޓްރޫމެންޓްތައް ސްޓެރަލައިޒްކުރުމާއި ގޯޒް، ކޮޓަން އަދި ޑްރެސިން ފަދަ ތަކެތި ރައްކާތެރިގޮތުގައި ބެހެއްޓޭނެ އެވެ.

އައިޖީއެމްއެޗްގެ ސީޑީސީ ޑިޕާޓުމަންޓަކީ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ މި ޑިޕާޓުމަންޓަށް ބޭނުންކުރަން ހަމަޖެހިފައިވާ "މަޓަޗާނާ" ބްރޭންޑުގެ ފުލީ އިކުއިޕްޑް ސެޕަޓެއް ހުންނަ ހޮސްޕިޓަލެކެވެ.