ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދިވެއްސަކު ގެނައި ފޮއްޓެއްގައި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޠާ ފެނުމުން ވެސް އެ މައްސަލާގައި ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
17 ޖޫން 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދިވެއްސަކު ގެނައި ފޮއްޓެއްގައި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޠާ ފެނުމުން ވެސް އެ މައްސަލާގައި ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އޯގަސްޓް 16، 2019 ގައި ވީއައިއޭ އަށް ޖެއްސި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓަކުން އަހުމަދު އިރުފާން ނަމަކަށް ކިޔާ މީހަކު ގެނައި ފޮށިގަނޑެއް ތެރެއިން 1،475.8 ގްރާމްގެ ޑައިފޯމިން ހުރި ރަބަރު ޕެކެޓުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އަތުލައިގެންފަ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަަލާގައި އިއްޔެ ކުރި ހުކުމުގައިވާ ގޮތުން މަސްތުވާތަކެތި ފެނުން ފޮއްޓަކީ އެހެން މީހަކު އިރުފާނާ ހަވާލުކުރި ފޮއްޓެއް ކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ދިފާއުން ބުނެފައިވެ އެވެ.
އެ ފޮށީގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމާއި އެ ފޮށި ރާއްޖެ ގެނައީ އޭގައި މަސްތުވާތަކެތި ހުރިކަން އިރުފާނަށް އެނގިހުރެގެން ކަމަށް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ތަހުގީގު މަރުހަލާގައި އަދި ޗެއިން އޮފް ކަސްޓަޑީގައި ވެސް ގޯސްތަކެއް ހުރިކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
● މަސްތުވާތަކެތީ ލާފައިވާ އެވިޑެންސް ބޭގްގައި ޗެއިން އޮފް ކަސްޓަޑީ އެޓޭޗުކޮށްފައި ނެތުން.
● ޗެއިން އޮފް ކަސްޓަޑީގައި ނަން ނެތް މީހަކު އެވިޑެންސްތައް ގެންގުޅުނު ކަމަށް ސާފުކޮށް ބުނުން.
● އެވިޑެންސް ބޭގް ވެސް ބަދަލުވެފައިވާ ކަމަށް ޝައްކު ކުރެވޭ ކަންކަން ހުރުން.
● ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން ގެއްލި ޗެއިންގެ ސިލްސިލާ ބްރޭކް ވެފައިވުން
އެހެންވެ، މި މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ހުކުމް ކުރެއްވީ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް އިރުފާންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށެވެ.
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
7 މިލިއަންގެ ޑްރަގް ބަލައި ދިޔަ އެކަކު ދޫކޮށްލައިފި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި