Roadha Mihaaru
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ

10 ކިލޯގެ ޑްރަގު އެތެރެކުރި މީހާ ބުނީ ފޮށީގައި ޑްރަގު ހުރިކަން ނޭނގޭ ކަމަށް

23 ޖޫން 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ޕާކިސްތާނު މީހާގެ ލަގެޖުގައި އެ އެއްޗެހި ހުރިކަން ނޭނގޭ ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ޕާކިސްތާނު މީހާގެ ލަގެޖުގައި އެ އެއްޗެހި ހުރިކަން ނޭނގޭ ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަމްޒާ ނައީމް، 25، ހައްޔަރުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. އޭނާ ބަންދުގައި ބަހައްޓަން ތިންވަނަ ފަހަރަށް އަމުރުކުރީ އިއްޔެ އެވެ

ހަމްޒާ ނައީމްގެ ބަންދަށް ކޯޓުން އިއްޔެ ވަނީ އަނެއްކާވެސް 15 ދުވަސް ދީފަ އެވެ.

ބަންދުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، ހަމްޒާ ނައީމް ރާއްޖެ އައިރު ގެނައި ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވިޔަސް، އެ ތަކެތި ލަގެޖުގައި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ދިފާއީ ވަކީލުން ބުނި ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ކުރާ ތުހުމަތަށް އޭނާ ކޯޓުގައި އަބަދުވެސް އިންކާރުކުރެ އެވެ.

ހަމްޒާ ނައީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް، މި މަހު 8 ގައި ދެވަނަ ފަހަރަށް ކޯޓަށް ގެންދިޔައިރު ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައުމަށް ބުކިން ހަދާފައި ވެސް އޮތީ އެހެން މީހެއްގެ ނަމުގަ އެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޑްރަގްސް ފެނުނު ފޮއްޓަކީ ހަމްޒާގެ އެއްޗެއްކަން، ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށް ވެސް ކުރީގެ ކޯޓު އަމުރުގައި ބުނެފައި ވެ އެވެ.

ހަމްޒާގެ އިތުރުން އެ މައްސަލާގައި ޕާކިސްތާނު އެހެން މީހެއް ކަމަށްވާ އަހުމަދު އަޔާޒު ރާޖާ، 30، ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.