މީހެއްގެ ބަންދު މުއްދަތު އިތުރުކުރަން އެދުމުގައި ފުލުހުން ކޯޓަކަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
18 ޖޫން 2022
މީހެއްގެ ބަންދު މުއްދަތު އިތުރުކުރަން އެދުމުގައި ފުލުހުން ކޯޓަކަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ނ. މަނަދޫގައި މިދިޔަ ހަފުތާގައި ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީއެއްގެ ބަންދު މުއްދަތު އިތުރުކުރަން ފުލުހުން އެ ރަށު ކޯޓަށް ހުށަހެޅިއިރު، ފޯމުގައި ލިޔެފައި އޮތީ އެ މީހާ ހައްޔަރުކުރީ މަނަދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން ކަމަށެވެ.
އެކަމަކު، ތަހުގީގުކުރާ ފުލުސް މީހާ ކޯޓުގައި ބުނީ، އެ މީހާ ހައްޔަރުކުރީ ޕޮލިސް ސްޓޭޝަން ތެރެއިން ކަމަށެވެ. އެހެންވެ، ކޯޓުން ނިންމީ ފުލުހުން ދޮގު މައުލޫމާތެއް ކޯޓަށް ހުށަހެޅީ ކަމަށެވެ. ކޯޓަކަށް ދޮގު މައުލޫމާތު ދިނުމަކީ އަދަބު ދެވޭ ކުށެކެވެ.
ކޯޓަށް ދޮގު މައުލޫމާތު ދިނުމުގެ އިތުރުން ޖިނާއީ އިޖުރައާތުގެ ގާނޫނާ ހިލާފަށް، ހައްޔަރަށް ނުވާ ގޮތުން އެ މީހާ ހިފެހެއްޓި މައްސަލަ ވެސް ކޯޓުން ފާހަގަކުރި އެވެ. ހައްޔަރަށް ނުވާ ގޮތުން މީހަކު ހިފެހެއްޓެނީ ގިނަ ވެގެން ހަަތަރު ގަޑިއިރަށް ކަމަށް ވިޔަސް، އެ މީހާ ހެނދުނު 9:30 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށް ޕޮލިސް ސްޓޭޝަންގައި ބެހެއްޓި އެވެ.
ފުލުހުން ކޯޓުގައި ބުނީ އެހާ ގިނައިރު ވަންދެން ޕޮލިސް ސްޓޭޝަން ތެރޭގައި އެ މީހާ ބެހެއްޓީ އޭނާ އަށް ހިމާޔަތް ދޭންވެގެން ކަމަށެވެ. އެކަމަކު އެ މީހާ ބުނީ ފުލުހުންގެ ހިމާޔަތަށް ނޭދޭ ކަމަށެވެ.
ގާނޫނާ އެއްގޮތަށް އޭނާ ހައްޔަރު ކޮށްފައި ނުވާތީ ކޯޓުން އެންގީ އޭނާ ދޫކޮށްލުމަށެވެ. އެކަމަ،ކު ޖެހިގެން އައި ދުވަހު އޭނާ އަލުން ހައްޔަރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ.
"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
ޑްރަގް ނެޓްވޯކްތައް ދޫވުމާއި އޭގެ އަނެއް ފަރާތް!
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް
ރާ ފެނުނު ކާރެއްގައި ތިބި ބަޔަކު ދޫކޮށްލަން އަންގައިފި
ތަހުގީގަށް ބަންދު ނުކުރުން: އާންމުންނަށް ނެތް ހައްގެއް