Roadha Mihaaru
ވަގު ޑޮލަރު ވިއްކުމުން 28،000ރ. ޖޫރިމަނާ

ވަގު ޑޮލަރު ވިއްކި ދެ މީހަކަށް 28،000ރ. ގެ ޖޫރިމަނާއެއް

23 ޖޫން 2022

ވަގު ޑޮލަރުތަކެއް ވިއްކި ދެ މީހަކު 28،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަގު ޑޮލަރުތަކެއް ވިއްކި ދެ މީހަކު 28،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދެ ދިވެއްސެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން ކުރީ ވައިބާ ގްރޫޕެއްގައި ޑޮލަރު ވިއްކާކަން އިއުލާން ކުރުމަށް ފަހު ޕާކިސްތާނު މީހަކަށް ސައްހަ ނޫން 800 ޑޮލަރު ދިނުމަށްފަހު 16.50 ގެ ރޭޓުން އެއަށް ވާ ދިވެހި ފައިސާ ހޯދާފައިވާތީ އެވެ.

އެ ދެ މީހުން ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ކުށަށް އިއުތިރާފްވި އެވެ.

އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެ މީހުން އެދުމުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ކޯޓުން ނިންމީ އެ މީހުން 28،800ރ. އިން ޖޫރިމަނާ ކުރުމަށެވެ.

އެ ފައިސާ ދެ މަސް ތެރޭގައި ކޯޓަށް ދައްކަން އެ ހުކުމުގައި އަންގާފައިވެ އެވެ.