25 ޖޫން 2022
ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލްބުން، މުސާރައިގެގެ ގޮތުގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި ކުރީގެ ކީޕަރު އިމްރާން މުހައްމަދު ދޭން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ކުޑަކޮށް ދީފި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލްބުން، މުސާރައިގެގެ ގޮތުގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި ކުރީގެ ކީޕަރު އިމްރާން މުހައްމަދު ދޭން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ކުޑަކޮށް ދީފި އެވެ.
އެ ކްލަބަށް 2018 ގައި ކުޅުނު ދިވެހި ކުޅުންތެރިންގެ ތެރެއިން ނުވަ ކުޅުންތެރިޔަކު ވަނީ ކްލަބުން ދޭން ޖެހޭ މުސާރަ ނުދިނުމުން، އެފްއޭއެމް އަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ދަގަނޑޭ އާއި އިމްރާން ވެސް ހިމެނެ އެވެ. ޖެނުއަރީ 2019 ގައި ނިއު ސަސްޕެންޑް ކުރަން އެފްއޭމުން ނިންމީ، ދިވެހި ކުޅުންތެރިންނަށް ދޭން ޖެހިފައި ހުރި މުސާރަ އަދާކޮށްފައި ނުވުމުންނެވެ.
މުސާރައިގެ ގޮތުގައި، ނިއު އިން އެންމެ ބޮޑު އަދަދެއް ދޭން ޖެހޭ ދެ ކުޅުންތެރިންނަކީ، ނިއުގެ އޭރު ކެޕްޓަން ދަގަނޑޭ އާއި ކީޕަރު އިމްރާނަށެވެ.
މިދިޔަ މަހު ނިއު އަށް އިންތިހާބު ކުރި، ޗެއާމަން އަހްމަދު ވާސިފްގެ ބޯޑުން ވަނީ، އެފްއޭއެމް އަށް މައްސަލަ ހުށަހެޅި ގިނަ ކުޅުންތެރިންނާއެކު ސެޓިލްމެންޓް އެގްރިމެންޓަކަށް އައިސްފަ އެވެ. ކުޅުންތެރިންނާއެކު އެއްބަސްވުމަށް ދިޔައީ އެފްއޭއެމް އަށް ހުށަހަޅާފައިވާ މައްސަލަ ނެގައި ދިނުމަށެވެ. އަދި ފަހުން މުސާރަތައް އަދާ ކުރަން އެއްބަސްވާ ގޮތަށެވެ.
ވާސިފް ވިދާޅުވީ، ދަގަނޑޭ އާއި އިމްރާނަށް މުސާރައިގެ ގޮތުގައި ދޭން ޖެހިފައި ހުރި ފައިސާއިން ބޮޑު ބައެއް ކުޑަ ކޮށްދީފައިވާ ކަމަށެވެ. އަދި އެ އަހަރު ނިއު އަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު ވެސް ފައިސާގެ ތެރެއިން ބައެއް ކުޑަކޮށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ދަގަނޑޭ އާއި އިމްރާނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދު ޖުމުލަ 1.5 މިލިއަން ރުފިޔާ އަށް އަރައެވެ.
އެކަމަކު މިހާރު ދޭން ޖެހޭ އަދަދު އެ ދެ ކުޅުންތެރިން ކުޑަ ކުރުމުން، ދިވެހި ކުޅުންތެރިންގެ ކަންކަން ދެ މިލިއަން ރުފިޔާއިން ހަމަޖެއްސޭނެ ކަމަށް ވާސިފް ވިދާޅުވި އެވެ.
ނިއު އިން މުސާރަ ނުދޭތީ، އެ އަހަރު ދަގަނޑޭ ވަނީ އެފްއޭއެމް އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެފްއޭއެމްގެ ޕްލޭއާ ސްޓެޓަސް ކޮމިޓީން ނިންމީ ނިއު އާއެކު އޭނާ ހަދައިފައިވާ އެއްބަސްވުން އުވާލުމަށެވެ. އެ ސީޒަންގެ ބާކީ ބައި އޭނާ ކުޅުނީ ޓީސީ ސްޕޯޓްސް އަށެވެ.
ނިއު އިން މުސާރަ ނުދޭތީ، އިމްރާން ވެސް ޓީމުގެ ޕްރެކްޓިހަށް ނުކުތުން ހުއްޓާލި އެވެ. ޖެހިގެން އައި ސީޒަަންގައި އޭނާ ކުޅުނީ ޓީސީ އަށެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި 20 އަހަރު ކުޅުމަށް ފަހު އިމްރާން ކުޅުން ހުއްޓާލީ ނޮވެމްބަރު 2019 ގަ އެވެ.
ވާސިފް ވިދާޅުވީ އެފްއޭއެމް އަށް މައްސަލަ ހުށަހެޅި ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ފިޔަވައި، އެހެން ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. މިއު އިން މިދޔަ ބުރާސްފަތި ދުވަހު ވަނީ، އެ ކްލަބްގެ ބިދޭސީ ކުޅުންތެރިންނަށާއި ކޯޗަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި 2،15000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ފީފާ އަށް ދައްކައިފަ އެވެ. ބިދޭސީ ދެ ކުޅުންތެރިޔަކަށް ފައިސާ ލިބުނުކަން އެ ކުޅުންތެރިންގެ ފަރާތުން ވެސް ނިއު އަށް އަންގާފައިވާ ކަމަށް ވާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ ހަފުތާގައި، އެފްއޭއެމްގެ ސަސްޕެންޝަނުން އަރައި ގަނެވޭ މިންވަރަށް ނިއުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު، އެފްއޭއެމްގެ ކޮންގްރެސްއިން ވަނީ، އެ އެސޯސިއޭޝަންގެ އެކްސްކޯ އަށް ދީފަ އެވެ. ސަސްޕެންޝަން ރަސްމީކޮށް އުވާ ނުލިނަމަވެސް، ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި ނިއު އިން ދަނީ، އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާގެ ޓްރާންސްފާ ބޭން އިން ކްލަބް ސަލާމަތް ވުމުން ބިދޭސީ ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފީފާގެ އަދަބުން ސަލާމަތް ވެވުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު ސަމީރު ދެއްވި ލަފާފުޅާ އެއްގޮތަށް މަސައްކަތް ކުރެވުމުން ކަމަށް ވާސިފް ވިދާޅުވި އެވެ. އަދި ފީފާ އަށް ފައިސާ ދެއްކުމުގައި ނިއު އަށް ހެޔޮ އެދޭ ވިޔަފާރިވެރިންނާއި ގިނަ ބަޔަކު އެހީ ދެއްވާފައިވާކަން ވެސް ވާސިފް ފާހަގަ ކުރެއްވި އެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
ނިއު ރޭޑިއަންޓުގެ އާ ޗެއާމަނަކަށް މުބީން؟
ދަގަނޑޭގެ ކަކޫ އޮޕަރޭޝަން ކޮށްފި
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ކުޑަމޫސަ، ދަގަނޑޭ؛ މޮޅީ ކާކު؟ މަސްހުނި ހިޔާލުތަކެއް
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ދަގަނޑޭ ހައްޖަށް، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ
ސެންޗަރީ ކްލަބްގައި އިމްރާން، މެޗުގެ ޖުމްލަ 110އަށް