ބުރު ސްޕޯޓްސްއާ އެކު މި ސީޒަނަށް ނުކުތް ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ނިއު ރޭޑިއަންޓަށް ސޮއި ކޮށްފި އެވެ. ގައުމީ ޓީމުގެ އެއްވަނަ ކީޕަރު، ނިއު އަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކުރިން ބުރަށް ވެސް އޭނާ ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކޮންޓްރެކްޓްގެ ބޮޑުބައެއް އޮއްވައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި 100،000.ރ އަށް ވުރެ ބޮޑު އަދަދެއް ދެއްކުމަށް ފަހު އެވެ.
03 ޑިސެމްބަރ 2025
ބުރު ސްޕޯޓްސްއާ އެކު މި ސީޒަނަށް ނުކުތް ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ނިއު ރޭޑިއަންޓަށް ސޮއި ކޮށްފި އެވެ. ގައުމީ ޓީމުގެ އެއްވަނަ ކީޕަރު، ނިއު އަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކުރިން ބުރަށް ވެސް އޭނާ ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކޮންޓްރެކްޓްގެ ބޮޑުބައެއް އޮއްވައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި 100،000.ރ އަށް ވުރެ ބޮޑު އަދަދެއް ދެއްކުމަށް ފަހު އެވެ.
ކުޅުންތެރިން ކްލަބް ބަދަލު ކުރުމުގައި ޓްރާންސްފާ ފީ އާއި ދެ ކްލަބްގެ ދެމެދުގައި މުއާމަލަތް ކުރުމެއް ނޯވެ އެވެ. ގިނަ ކުޅުންތެރިން ކްލަބް ބަދަލު ކުރަނީ ކޮންޓްރެކްޓް ހަމަވުމުން ނުވަތަ ކްލަބުން ދޫކޮށްލަން ބޭނުންވުމުން އެއްވެސް ޓްރާންސްފާ ފީއަކާ ނުލަ އެވެ. ދެ ކްލަބްގެ ދެމެދުގައި މުއާމަލާތްކޮށް އެންމެ ބޮޑު ޓްރާންސްފާ ފީ އެއްދައްކައި، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އަގު ބޮޑް ޓްރާންސްފާގެ ރެކޯޑް ވެސް އޮތީ ނިއު އަތުގަ އެވެ.
ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވީބީ ސްޕޯޓްސްގައި ހުއްޓައި ޑިސެމްބަރު 2012 ގައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި މިލިއަނަކާ ގާތްކުރާ ވަރުގެ އަދަދެއް ވީބީ އަށް ދިނުމަށް ފަހު އެވެ.
އަނިޔާގެ ސަބަބުން މިދިޔަ ދެ އަހަރު ފައިސަލް ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ އަށް އަނިޔާވީ 2023 ގައި ސާފް ޗެމްޕިއަންޝިޕް ކުރިމަތިވެފައި ވަނިކޮށެވެ.
ފައިސަލް މީގެ ކުރިން ވެސް ވަނީ ނިއު އަށް ކުޅެފަ އެވެ. ނިއު އަށް 2017 ގައި އޭނާ ކުޅުނީ ބަދަލު ކީޕަރުގެ ގޮތުގަ އެވެ. އޭރު ނިއުގެ އެއްވަނަ ކީޕަރަކީ މަޝްހޫރު އިމްރާން މުހައްމަދެވެ.
ފައިސަލްއަކީ، މި ސީޒަނުގައި ނިއު އަށް ސޮއި ކުރި "ޓޮޕް" ކެޓަގަރީގެ ތިންވަނަ ކީޕަރެވެ. އެ ޓީމުން ސީޒަން ފެށީ ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފާ އެކު އެވެ. މިދިޔަ މަހުގައި އޭނާ އަށް އަނިޔާވުމާ ހަމައަށް ސާގިބް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު އާ އެކު އޭނާ ކުޅުނު ފުރަތަމަ ފަސް މެޗުގައި ގޯލެއް ވަނަ ނުދީ ހިފެހެއްޓި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮކްޓޯބަރު މަހު ޕާކިސްތާނުން، ކުޅުނު ދެ މެޗުގައި ވެސް އެ ގައުމުގެ ގޯލް ބެލެހެއްޓީ ސާގިބެވެ. އެ ދެ މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއްދައްކައި ކޮންމެ މެޗަކުން ޕޮއިންޓެއް އެ ގައުމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މިދިޔަ މަހު ސާގިބަށް އަނިޔާވެ ކްލަބާ ވެސް ގައުމީ ޓީމާ ވެސް ދުރަށްދާން ޖެހުނެވެ. އޭނާގެ އޮޕަރޭޝަން ޓްރީޓޮޕްގައި ކުރި އެވެ. އޭނާ އަށް އަލުން ކުޅެން ނުކުމެވޭނެ ދުވަހެއް ނޭނގެ އެވެ.
ކީޕަރުންނަށް އަނިޔާވުމުން، ޓްރާންސްފާ ބޭރުން ވެސް އިތުރު ކީޕަރެއް ސޮއި ކުރުވެން އޮންނަ އުސޫލުގެ ތެރެއިން ނިއުއިން ދެން ގެނައީ ލަންކާގެ ގައުމީ ޓީމުގެ ދެވަނަ ކީޕަރު ކަވީޝް ލަ
ޕްރިޔާ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ފަހު ދެ މެޗުގައި ނިއުގެ ގޯލް ބެލެހެއްޓީ ކަވީޝް އެވެ.
މި އަހަރު އޭޕްރީލްގައި ސީޒަން ފަށަން، އެފްއޭއެމުން އިއުލާން ކުރުމުން ވިކްޓަރީން މާޗް މަހު ކަވީޝް ސޮއި ކުރުވި އެވެ. އެކަމަކު ސީޒަން ނުފަށައި މަޑުޖައްސާލަން ފީފާއިން އެންގުމުން، ކްލަބްތަކުގެ ހަރަކާތް ވެސް ހުއްޓުނެވެ. އެހެންވެ ވިކްޓަރީން ވެސް އޭނާ ދޫކޮށްލި އެވެ.
ލީގުގެ ދެވަނަ ބުރު ފަށާނީ މި މަހު 12 ގަ އެވެ. މިހާރު ވަނީ ސީޒަންގެ ދެވަނަ ޓްރާންސްފާ ޕީރިއަޑް ފެށިފަ އެވެ، ނިއުއިން ވެސް ބުނީ ބައެއް އެހެން ކުޅުންތެރިން ވެސް އެ ކްލަބަށް ސޮއި ކުރާނެ ކަމަށެވެ.
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަބުރުން ފުރިހަމަރެކޯޑެއް
ބުރު ވެސް ގަދަ ހަތަރެއްގެ ރޭހަށް ވާންކޮށްފި
ޓީސީއާ އެއްވަރުވެ ބުރަށް ހަތަރަކަށް ނޭރުނު!
ނިއުގެ ލީޑަށް ނިމުން ގެނެސް ގްރީންއަށް ޕޮއިންޓެއް!
އީގަލްސްއާ ޖެހި ނިއު އަށް ވެސް މަޑުޖެހުމެއް
ބުރާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!
ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމުގައި
ދެވަނަ ޑިވިޝަނުގައި ވިޔަސް ނިއުއާ ހަވާލުވާނަން: ސުޒޭން