ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަން ހާމަވެއްޖެ އެވެ.
26 ޖޫން 2022
ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަން ހާމަވެއްޖެ އެވެ.
އެކަން މީޑިއާ އަށް ތިލަވީ މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ހަރަކާތުގެ ހަފުތާއެއްހާ ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބޭއްވީ، ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ނެގެހެއްޓުމަށްޓަކައި ޔޯގާ ފަދަ ހަރަކާތްތައް ބާއްވާ މީހުން ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތައް އަޅަން އިސްލާމިކް މިނިސްޓްރީން މާ ކުރިން ފުލުހުންނަށް ސިޓީއަކުން އަންގާފައި ވަނިކޮށެވެ. އެކަމަކު ޔޯގާ ހަރަކާތް ހުއްޓުވަން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
މި މަހުގެ 15 ގައި ސީޕީ ހަމީދަށް ފޮނުވި އެ ސިޓީގައި އިސްލާމިކް މިނިސްޓްރީން ބުނީ، މެޑިޓޭޓު ކުރަން ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ހަދަމުންދާ ކަމަށާއި އެއީ މުސްލިމުންގެ މައްޗަށް ހަރާމް ކޮށްފައިވާ ކުޅިވަރެއް ކަމަށް މިސްރާއި މެލޭޝިއާގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށެވެ.
މެޑިޓޭޝަނަކީ ހިންދޫ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"...[ޔޯގާއަކީ] އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަން ދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް،" އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ހިޝާމް އަހުމަދު ސޮއިކުރައްވައި ސީޕީ ހަމީދަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
އެ ސަބަބާ ހެދި އެއީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ޔޯގާ ހެދުން މަނާވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޔޯގާ ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އެންގި ކަމަށް "މިހާރު" އަށް އެނގިގެން މިދިޔަ ހަފުތާގައި އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ގުޅައި މެސެޖުކުރި ނަމަވެސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޓީ އާ ގުޅިގެން ފުލުހުން ވެސް މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވާ އިރު ޔޯގާ ހަރަކާތް ހުއްޓުވުމަށް އެ މުއައްސަސާގެ އިހުމާލު އޮތް ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އެކަމާ ގުޅޭ ވަކި ތަހުގީގެއް ވެސް އެބަ ކުރިޔަށް ދެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް، ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެން "ﷲ އަކްބަރު" އޭ ގޮވަމުން އެ މީހުން ވަތް ގޮތަށް ވަނީ ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފަ އެވެ.
އެ މައްސަލާގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ޔޯގާއާ ބެހޭ ފަތުވާ ނެރުނީ އުސޫލާ ހިލާފަށް: މިނިސްޓްރީ
ލާދީނީ އަދި ހަރުކަށި އަމަލުތަކާ މެދު މަޝްވަރާކޮށްފި
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ
ދެ އަހަރު ފަހުން ފަތުވާ މަޖިލިސް އެކުލަވާލައިފި
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު
މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި
ޔޯގާ ހަމަނުޖެހުން: މިނިސްޓްރީ އާއި ފުލުހުން މަޖިލީހަށް
ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި