Roadha Mihaaru
އެސްޓީއޯއިން މަކިޓާގެ އާ ޝޯރޫމެއް ހުޅުވައިފި

އެސްޓީއޯއިން މަކިޓާގެ އާ ޝޯރޫމެއް ހުޅުވައިފި

28 ޖޫން 2022

އެސްޓީއޯއިން މަކިޓާ ބްރޭންޑްގެ އާ ޝޯރޫމެއް ރޭ ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެސްޓީއޯއިން މަކިޓާ ބްރޭންޑްގެ އާ ޝޯރޫމެއް ރޭ ހުޅުވައިފި އެވެ.

އެ ޝޯރޫމް ހުޅުވީ ވަނީ ބޮޑުތަކުރުފާނުމަގު ސީ ޓްރެކްސް އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ.

މަކިޓާ ބްރޭންޑުގެ ތަކެތި ރާއްޖެ އެތެރެކޮށް މާކެޓުކުރާ އެސްޓީއޯ އިން ބުނީ އަލަށް ހުޅުވި ޝޯރޫމާ އެކު ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ.

މަކިޓާ އުފެއްދުންތަކުގެ ސްޕެއާ ޕާޓްސް އާއި އެ ބްރޭންޑްގެ ހާއްސަ ސާވިސް ސެންޓަރެއް ވެސް އެ ޝޯރޫމުގައި ހެރެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި ރާއްޖެއަށް މަކިޓާ ސަޕްލައިކޮށްދޭ، މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އިކީޑާ ސާން މަކިޓާގެ ޓޫލްތަކެއް ޓެސްޓްކުރައްވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯ އިން ލިބެން ހުރި މަކިޓާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި އާއި ވަޑާންކުރާ ސާމާނު، އައުޓްޑޯ މަސައްކަތަށް ބޭނުންކުރާ ސާމާނު، ދަނޑުވެރިކަމުގައި ބޭނުންކުރަން ހާއްސަކޮށްފައިވާ އުފެއްދުން އަދި އާއްމުކޮށް ބޭނުންކުރާ ވެކިއުމް ކްލީނަރު ފަދަ ސާމާނު ހިމެނެ އެވެ.

އެސްޓީއޯގެ މަކިޓާ ޝޯރޫމްގައި އެ ބްރޭންޑުގެ ބައެއް ޓޫލްތައް ޑިސްޕްލޭކޮށްފައި. ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯގެ މަކިޓާ ޝޯރޫމްގައި އެ ބްރޭންޑުގެ ބައެއް ޓޫލްތައް ޑިސްޕްލޭކޮށްފައި. ---ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ އިތުރުން، އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އޭޖެންޓުން ވެސް މަކިޓާ އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ.

އެސްޓީއޯގެ މަކިޓާ ޝޯރޫމްގައި ހުރި ބައެއް ޓޫލްސްތައް. ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯގެ މަކިޓާ ޝޯރޫމްގައި ހުރި ބައެއް ޓޫލްސްތައް. ---ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި މަކިޓާ ބްރޭންޑްގެ އުފެއްދުންތައް މާކެޓް ކުރާތާ 25 އަހަރު ވެއްޖެ އެވެ. އެ ބްރޭންޑަކީ ދިވެހި މަސައްކަތްތެރިންގެ މެދުގައި މަގްބޫލްކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.