Roadha Mihaaru

"އެސްޓީއޯ ރަމަޟާން ބާޒާރު" އިން އެއް ލައްކަ ރުފިޔާ!

އެސްޓީއޯގެ މި އަހަރުގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފި އެވެ.

"އެސްޓީއޯ ރަމަޟާން ބާޒާރު" އިން އެއް ލައްކަ ރުފިޔާ!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

10 ޖެނުއަރީ 2025

އެސްޓީއޯގެ މި އަހަރުގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފި އެވެ.

އެއީ އެސްޓީއޯ އިން ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ބޮޑެތި ޑިސްކައުންޓުތަކަކާއި އަގު ހުރި އިނާމުތަކަކާ އެކު ބާއްވާ ޕްރޮމޯޝަނެކެވެ.

މި އަހަރުގެ ޕްރޮމޯޝަނުގައި އެކިއެކި ހޯމް އެޕްލަޔަންސްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ އެންމެ ހާއްސަ ކަމަކީ 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާތީ އެވެ.

އެ ޕްރޮމޯޝަންގައި ދޫކުރާ ކޫޕަން ފުރާ މީހުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނަގައި، ނަސީބުވެރި މީހަކަށް ގިފްޓު ހެމްޕާއެއް ދޫކުރާނެ އެވެ. ބޮޑު އިނާމެއްގެ ގޮތުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވެސް އެސްޓީއޯ އިން ވަނީ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެކި ދުވަސްތަކުގެ އާއިލީ ހަވީރަކާއި ސްޓޯލް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.

މި އަހަރުގެ "ރަމަޟާން ބާޒާރު" އޮންނާނީ ރޯދަމަސް ނުވަތަ މާޗު މަހުގެ ނިޔަލަށެވެ.

މާލެ އާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަތަކުގައި ވެސް ރޯދަ ޕްރޮމޯޝަން އޮންނާނެ އެވެ.