Roadha Mihaaru
އެސްޓީއޯ "ރަމަޒާން ބާޒާރު"ން ތުރުކީ ދަތުރެއް ދެނީ

އެސްޓީއޯ "ރަމަޒާން ބާޒާރު"ން ތުރުކީ ދަތުރެއް ދެނީ

16 ޖެނުއަރީ 2024

ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި އެވެ.

ރޯދަ މަހަށް ތައްޔާރުވުމަށް ބޭނުންވާނެ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން ރޯދަ މަހުގެ ކުރިން ފަށާ މި ޕްރޮމޯޝަން ރޯދަ މަސް ނިމެންދެން މި އަހަރު ވެސް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ ހުރިހާ ފިިހާރަތަކެއް ހިމެނޭ ގޮތަށެވެ.

މި ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެސްޓީއޯ ޕީޕަލަސް ޗޮއިސްގައި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އެ ތަނުގެ ކޮންމެވެސް އެއް ޕްރޮޑަކްޓެއް ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލައި، އެ ޕްރޮޑަކްޓަކަށް އިތުރު ޑިސްކައުންޓް ދޭނެ އެވެ. އޭގެ އިތުރުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްތަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.

އެސްޓީއޯ ރަމަޒާން ބާޒާރުގައި ރަސްލް ހޮބްސްގެ ފުޑް ޕްރޮސަސަރު ދައްކާލުމަށް ހަދާފައިވާ ސެލެޑްބާ އެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯ ރަމަޒާން ބާޒާރުގައި ރަސްލް ހޮބްސްގެ ފުޑް ޕްރޮސަސަރު ދައްކާލުމަށް ހަދާފައިވާ ސެލެޑްބާ އެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯ "ރަމަޒާން ބާޒާރު"ގައި ކޮންމެ 1000ރ. ގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ފެށުމުގެ ކުރިން ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯއިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 75000ރ.ގެ ބަދިގެ ސެޓެއް، ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ހޯމްއެޕްލަޔަން ޕެކޭޖެއް އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ނިޕޯން ޕެއިންޓުގެ ކުލަ އާއި ކުލަ ލައިދިނުމުގެ ހިދުމަތް ދޭނެ އެވެ.

"ރަމަޒާން ބާޒާރު"ގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުން 2500ރ. ގެ ގިފްޓު ވައުުޗަރެއް ނަސީބުވެރި އެއް ފަރާތަކަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަން އެއްކޮށް ނިމުމުން މުޅި ޕްރޮމޯޝަނުގެ ލަކީޑްރޯއެއް އޮންނާނެ އެވެ. މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް ތުރުކީ ދެކޮޅު ޓިކެޓު، ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ހޯމްއެޕްލަޔަންސް ޕެކޭޖެއް އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 65 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި އެސްޓީއޯގެ އީ ސްޓޯރު މެދުވެރިކޮށް ވެސް ޕްރޮމޯޝަންގެ އަގުގައި ޕްރޮޑަކްޓުތަކުން ވިޔަފާރިކުރެވޭނެ އެވެ. މި ތަނުން ފްރިޖާއި ދޮންނަ މެޝިނު ފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެ އެވެ.

"ރަމަޒާން ބާޒާރު" އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި އޭޕްރިލް 11ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.