ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެ، ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް، އަވަހަށް ޗެކިން ވުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު އެދިއްޖެ އެވެ.
03 ޖުލައި 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެ، ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް، އަވަހަށް ޗެކިން ވުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު އެދިއްޖެ އެވެ.
އެ އެއާލައިނުން ބުނީ އަންނަ ހޮނިހިރު ދުވަހު ފަށާ މި ފަހަރުގެ ބޮޑު އީދުގެ ބަންދާއި ސްކޫލްތަކުުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު މޯލްޑިވިއަނުން ދަތުރު ކުރުމަށް ޓިކެޓު ނަގާފައިވާ ކަމަށެވެ. އެހެންވެ، އެއާޕޯޓުގެ ޗެކިން ކައުންޓަރު އާއްމު ދުވަސްތަކަށް ވުރެ ބާރު ބޮޑުވާނެތީ، އެ އެއާލައިނުން ދަތުރުކުރާ މީހުން ދެ ގަޑިއިރު ކުރިން ޗެކިން ވުމަށް މޯލްޑިވިއަނުން އެދެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ކުރާ މީހުން، ދަތުރުކުރާ ގައުމުގެ ޓްރެވަލް އެޑްވައިޒަރީތައް ކޮވިޑާ ގުޅިގެން ބަލައި، އޭގައި ބުނާ ގޮތަށް އަމަލު ކުރުމަށް ވެސް އެ އެއާލައިނުން އެދުނެވެ.
މޯލްޑިވިއަނުން ވަނީ ބައިނަލްއަގްވާމީ ދަތުރުތައް ކުރާ މީހުން ފުރުމުގެ ކުރިން ފުރަން ޖެހޭ "އިމުގަ" ފޯމާއި ދަތުރުކުރާ ގައުމަކުން އިތުރު ފޯމެއް ހުށަހަޅަން އަންގާފައިވާ ނަމަ އެ ފޯމެއް ވެސް ފުރިހަމަކޮށް، އެއާޕޯޓަށް ދިއުމަށް އެދިފަ އެވެ. އަދި ކޮވިޑް ވެކްސިނޭޝަން ކާޑާއި ކޮވިޑްގެ ދެ ޑޯޒް ހަމަނުކުރާ ނަމަ ޕީސީއާރު ޓެސްޓު، ޓްރެވެލް ޑޮކިއުމަންޓާއެކު ހުށަހެޅުމަށް ވެސް މޯލްޑިވިއަނުން އެދެ އެވެ.
އެ އެއާލައިނުން ބުނިގޮތުގައި، ބައިނަލްއަގްވާމީ ދަތުރުތައް ކުރާ މީހުން ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން މިހާރު މާސްކު އަޅަން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި އެތެރޭގެ އުދުހުންތަކަށް ދާ މީހުން ވެސް މާސްކް އެޅުމަށް ބާރުއަޅާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ފުލްވެއްޖެ
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ޔޫރަޕް މަތިންދާބޯޓު ސާވިސްކުރުމުގެ ހުއްދަ އައިއޭއެސްއަށް
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް