Roadha Mihaaru
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ

އީދާ ދިމާކޮށް މޯލްޑިވިއަނުން 100 އަށް ވުރެ ގިނަ ދަތުރު އިތުރުކުރަނީ

30 މެއި 2024

ބޮޑު އީދާ ދިމާކޮށް، މޯލްޑިވިއަން އިން 100 އަށް ވުރެ ގިނަ ދަތުރު އިތުރު ކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޮޑު އީދާ ދިމާކޮށް، މޯލްޑިވިއަން އިން 100 އަށް ވުރެ ގިނަ ދަތުރު އިތުރު ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ 13 އިން ފެށިގެން އީދު ޗުއްޓީ ނިމެންދެން ދަތުރުތައް ކުރާނެ ކަމަށެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް މޯލްޑިވިއަން އިން މިހާރު 35 ދަތުރު ކުރެ އެވެ. އެހެންވެ، ހުރިހާ މަންޒިލްތަކަށް ދަތުރުތައް އިތުރު ކުރުމުން، ދުވާލެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދު 50 އަށް އިތުރުވާނެ އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ 16 ތަނަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. ކޮންމެ އަހަރެއްގެ ވެސް އީދު ޗުއްޓީއަކީ، މޯލްޑިވިއަންގެ ދަތުރުތަކަށް އެންމެ ބާރު ބޮޑު އެއް ދުވަސްވަރެވެ.

ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެ އެއާލައިންގެ ފްލީޓުގައި 15 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް އާއި އޭޓީއާރްގެ ބޯޓުތައް ވެސް ހިމެނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފްލީޓު އިތުރު ކުރުމަށް މިހާރު ވެސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.