Roadha Mihaaru
ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

03 ޖުލައި 2022

ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް މިރޭ ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް މިރޭ ހުޅުވައިފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ހުޅުވީ ހިޔާގެ އެޗް4 ޓަވަރުގެ ގްރައުންޑް ފްލޯގައި ކަމަށެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް އާންމުންނަށް ވީހާ ވެސް ގާތުން އަދި ފަސޭހަކަމާ އެކު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ފެށުމެއް ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު، މީގެ ކުރިން ފުލުހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިދުމަތް ދެމުން އައީ ޕޮލިސް ޕޯސްޓުތަކެއް ހަދައިގެންނެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ސެންޓްރަލް ޕާކް ކައިރީގައި ވެސް ޕޮލިސް ސްޓޭޝަނެއް ހުރެ އެވެ.