04 ޖުލައި 2022
ގާނޫނުއަސާސީން މިހާރު ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން މިހާރަށް ވުރެ ބޮޑަށް ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ މާއްދާއެއް އޮތުމަކީ ކަންބޮޑުވުމެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.
ގާނޫނުއަސާސީން މިހާރު ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން މިހާރަށް ވުރެ ބޮޑަށް ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ މާއްދާއެއް އޮތުމަކީ ކަންބޮޑުވުމެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ހާއްސަ ހާލަތެއްގައި މެނުވީ ރައްޔިތުންނަށް ގާނޫނުއަސާސީން ދޭ ހައްގު ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެކަމަކު، މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލްގައި މަސްދަރު ހާމަކުރުމާ ގުޅޭ ބައެއް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބޮޑު ކަންބޮޑުވުންތަކެއް އޮތް ބިލްގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަށް އެންގިދާނެ އެވެ. އެކަމަކު މަސްދަރު ހާމަ ނުކުރުމުގެ ހައްގު ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދެ އެވެ.
"މި ބިލް އޮތީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަންޖެހޭނެ ކަމަށް. ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް ޑިފައިން ކޮށްފައި ނުވޭ. މި ފަދަ ހާލަތެއްގައި ސަރުކާރުން ބޭނުންވެއްޖެ ކަމަށް ވަނީ ނަމަ ކޮންމެ ކަހަލަ މައްސަލައެއްގައި ވެސް ގައުމީ ސަލާމަތަށް ކަމަށް ބުނެ މަސްދަރު ހާމަކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބޭ،" އުޝާމް ވިދާޅުވި އެވެ.
މަޖިލީހުން ހެއްކާ ބެހޭ ބިލް ފާސްކުރީ ވެސް އެ ބިލް އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ނޫސްވެރިންގެ ޖަމިއްޔާ އަދި ބޭރުގެ ކަމާބެހޭ ފަރާތްތަކުން ގޮވާލާފައިވަނިކޮށެވެ. އަދި އޭގެ ފަހުން އެމްއެމްސީން ވަނީ ހެއްކާ ބެހޭ ބިލް ފާސްނުކޮށް އަނބުރާ ފޮނުވާލުމަށް ގޮވާލައިފަ އެވެ.
މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުގެ އިހްތިޔާރު ރައީސަށް އޮވެ އެވެ.
އެ ބިލަށް ވޯޓަށް އެހި ދުވަހު ނޫސްވެރިން މަޖިލިސް ދޮށަށް އެއްވެ، އަޑު ވެސް އުފުލި އެވެ. އެކަމަކު އެ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލަށް ވޯޓު އެހުން ނޫން ގޮތެއް މި ވަގުތު ނެތް ކަމަށެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
އެއް ތަނަކުން މީޑިއާ ބެލެހެއްޓުމާ ގުޅޭ ބިލެއް ހަދައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ