06 ޖުލައި 2022
ކޯވިޑް-19ގެ ވަބާ އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި އޮންނަތާ ދެ އަހަރު ފަހުން، މިއަހަރުގެ ހައްޖަށް ބޭރު ގައުމުތަކުން އަންނަ އެއް މިލިއަން މީހުންނަށް ޚިދުމަތް ދިނުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
ކޯވިޑް-19ގެ ވަބާ އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި އޮންނަތާ ދެ އަހަރު ފަހުން، މިއަހަރުގެ ހައްޖަށް ބޭރު ގައުމުތަކުން އަންނަ އެއް މިލިއަން މީހުންނަށް ޚިދުމަތް ދިނުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
މިދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ހައްޖުގައި ވެސް ބައިވެރިކުރީ، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ބައެއް ރައްޔިތުންނެވެ. ކޯވިޑް-19އާ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު، 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ އެންމެ 1000 މީހުންނެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ހައްޖުގައި، 60000 މީހުން ބައިވެރިކުރި އެވެ.
ދެ އަހަރަށް ފަހު މިއަހަރުގެ ހައްޖުގައި، ބޭރު ގައުމުތަކުން އެއް މިލިއަން މީހުން ބައިވެރިކުރަން ސައޫދީ ސަރުކާރުން ނިންމީ، އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެންނެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މިހާރު ވަނީ، އެ ގައުމުތަކުގެ އާބާދީގެ ބޮޑު ބައެއް، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ޖުމްލަ ހައްޖުވެރިންގެ 85 ޕަސެންޓް ހިއްސާ ކުރާނީ، ބޭރު ގައުމުތަކުން ހައްޖަށް އަންނަ އެއް މިލިއަން މީހުންނެވެ. އެހެންކަމުން، ބޭރު ގައުމުތަކުން ހައްޖަށް ދާ އެއް މިލިއަން މީހުންނާއި ސައޫދީގައި ދިރިއުޅޭ މީހުންގެ ތެރެއިން ހައްޖުގައި ބައިވެރިކުރާ 176480 މީހުންނާއެކު، ޖުމްލަ 1.1 މިލިއަނަށް ވުރެ ގިނަ މީހުން، މިއަހަރުގެ ހައްޖުގައި ބައިވެރިވާނެ އެވެ.
މިއަހަރުގެ ހައްޖުގެ މަސް ފެށިފައިވަނީ، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ކަމަށްވާތީ، މި ރެއަކީ ހައްޖު މަހުގެ 8 ވަނަ ރެޔެވެ. ހައްޖުގެ އަޅުކަން ފެށޭނީ ހައްޖު މަހުގެ 8 ވަނަ ދުވަހު އެވެ. ހައްޖު މަހުގެ 8 ވަނަ ދުވަހަށް އިރު އެރުމުން، ހައްޖުވެރިން އިހުރާމް ބަނދެގެން މިނާ އަށް ޖަމާވާނެ އެވެ.
މިނާގައި 8 ވަނަ ދުވަހު ތިބުމަށް ފަހު، 9 ވަނަ ދުވަހަށް އިރު އެރުމުން، ހުރިހާ ހައްޖުވެރިން ވެސް ދަތުރު ފަށާނީ އަރަފާތު ބިމަށް ދިއުމަށެވެ. ހައްޖުގެ އަޅުކަން ލިބޭނީ، އަރަފާތު ދުވަހު (ހައްޖު މަހުގެ 9)ގެ މެންދުރު ވަގުތުން ފެށިގެން އިރު އޮއްސުމާ ދެމެދު، އަރަފާތު ބިމުގައި ވަގުތުކޮޅެއް ހޭދަކުރުމުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބޭރު ގައުމުތަކުން ބައިވެރިވާ ހުރިހާ މީހުންނަށް ވިސާ ދީ ނިމިފައިވާ އިރު، މާދަމާގެ ކުރިން ހުރިހާ ހައްޖުވެރިން ވެސް ސައޫދީ އަށް އެތެރެވާނެ އެވެ. ކަނޑު މަގުންނާއި އެއްގަމު މަގުންނާއި ވައިގެ މަގުން ސައޫދީ އަށް އެތެރެވާ ހައްޖުވެރިންނަށް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް، ސައޫދީ ސަރުކާރުން ވަނީ އިތުރު މުވައްޒަފުން ޚިދުމަތަށް ނެރެފަ އެވެ.
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
ހައްޖަށް ދިޔަ މީހުންގެ 53 ޕަސެންޓަކީ އޭޝިއާ މީހުން
ހައްޖުވެރިން މިނާ އަށް ޖަމާވާން ފަށައިފި
އެއާ އިންޑިއާގައި ޒަމްޒަމް ފެން އުފުލުން ހުއްދަކޮށްފި
މި އަހަރުގެ ހައްޖު ދުވަހަކީ ސެޕްޓެމްބަރު 11
ހަރަމްފުޅުގެ ކެރޭން ވެއްޓުމުން ބިންލާދިން ގްރޫޕަށް ބޮޑު ޖޫރިމަނާއެއް
މިއަހަރުގެ ހައްޖަށް ދެ މިލިއަން މީހުން
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މިލިއަން މީހުންނަށް ހައްޖުވެވޭނެ، ފިޔަވަޅު ހަރުކަށި
ސަނާގެ ދެމަފިރިން އުމްރާގެ އަޅުކަމުގައި