Roadha Mihaaru
އެއާ އިންޑިއާގައި ޒަމްޒަމް ފެން އުފުލުން ހުއްދަކޮށްފި

އެއާ އިންޑިއާގައި ޒަމްޒަމް ފެން އުފުލުން މަނާކުރި ސާކިއުލާ ބާތިލްކޮށްފި

10 ޖުލައި 2019

އިންޑިއާގެ ގައުމީ އެއާ ލައިން، އެއާ އިންޑިއާގައި ދަތުރުކުރާ ހައްޖާޖީންނަށް ސައުދީ އަރަބިއްޔާ އިން އިންޑިިއާ އަށް ޒަމްޒަމް ފެން ނުއުފުލޭނެ ކަމަށް ބުނެ ނެރުނު ސާކިއުލާއެއްގެ މައްސަލަ ހޫނުވުމުން އެންމެ ފަހުން އެ ނިންމުން ބާތިލުކޮށް މާފަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ގައުމީ އެއާ ލައިން، އެއާ އިންޑިއާގައި ދަތުރުކުރާ ހައްޖާޖީންނަށް ސައުދީ އަރަބިއްޔާ އިން އިންޑިިއާ އަށް ޒަމްޒަމް ފެން ނުއުފުލޭނެ ކަމަށް ބުނެ ނެރުނު ސާކިއުލާއެއްގެ މައްސަލަ ހޫނުވުމުން އެންމެ ފަހުން އެ ނިންމުން ބާތިލުކޮށް މާފަށް އެދިއްޖެ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު އެއާ އިންޑިއާ އިން ޓްރެވެލް އެޖެޓުންނާއި ހައްޖު ޖަމާއަތްތަކަށް ފޮނުވި ސާކިއުލާގައި ބުނީ ޖިއްދާ/ހައިދަރުއާބާދު/މުމްބާއީ އަދި ޖިއްދާ އަށް ކުރާ ދަތުރުތަކުގައި ސެޕްޓެމްބަރު މަހުގެ 15 އާ ހަމައަށް ޒަމްޒަމް ފެން ނުއުފުލޭނެ ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމީ ހައްޖުވެރިން އުފުލާ ފްލައިޓްތަކުގެ ކެޕޭސިޓީ ލިމިޓްވެފައިވާތީ ކަމަށް ބުންޏެވެ.

އިންޑިއާއަކީ އޭޝިއާގެ ގައުމުތަކުން އެންމެ ގިނަ އަދަދަށް ހައްޖަށް މީހުންދާ އެއް ގައުމު.

އިންޑިއާއަކީ އޭޝިއާގެ ގައުމުތަކުން އެންމެ ގިނަ އަދަދަށް ހައްޖަށް މީހުންދާ އެއް ގައުމު.

ނަމަވެސް މި ނިންމުމާ ގުޅިގެން ހައްޖުވެރިން ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ބަދަލުކޮށް ދިނުމަށް ގޮވާލާފައިވެ އެވެ.

ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި މިއީ މުސްލިމުންނަށް ދަތިކުރުމުގެ ގޮތުން ކުރި ކަމެކެވެ.

ސާކިއުލާގެ މައްސަލަ ހޫނުވުމުން އެއާ އިންޑިއާ އިން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޒަމްޒަމް ފެން ނުއުފުލޭނެ ކަމަށް ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށާއި ކަނޑައެޅިފައިވާ ބެގެޖް އެލަވަންސްގެ ދަށުން ޒަމްޒަމް ފެން އުފުލޭނެ ކަމަށެވެ. އަދި ކުރީގެ ނިންމުމާ ގުޅިގެން މާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ހައްޖު ކޮމިޓީގެ ސީއީއޯ އެމްއޭ ހާން ވިދާޅުވި ގޮތުގައި ހައްޖުވެރިން އުފުލަން އެއާ އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ހައްޖުވެރިއަކަށް ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ގައުމަށްދާ އިރު، 5 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް އުފުލުމުގެ ފުރުސަތު އޮންނާނެ އެވެ.

އިންޑިއަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އެންމެ ގިނަ އަދަދެއްގެ މީހުން ހައްޖަށްދާ އެއް ގައުމެވެ.