މިދިޔަ ހޮނިހިރު ދުވަހު ނިމިގެން ދިޔަ، ހިޖްރައިން 1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ހުރިހާ ކަމެއް ވެސް ދިޔައީ އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ވަރަށް އޮމާންކޮށް ކަމަށް ސައޫދީ ސަރުކާރުން އިއްޔެ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިމިގެން ދިޔަ، ހިޖްރައިން 1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ހުރިހާ ކަމެއް ވެސް ދިޔައީ އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ވަރަށް އޮމާންކޮށް ކަމަށް ސައޫދީ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު އަދި ހައްޖުގެ ކަންކަމާ ބެހޭ އެންމެ މަތީ ކޮމިޓީގެ ރައީސް އަމީރު އަބްދުލް އަޒީޒް ބިން ސައޫދު ބިން ނާއިފް ވިދާޅުވި ގޮތުގައި މިފަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ދިޔައީ ވަރަށް އޮމާން ގޮތެއްގަ އެވެ. ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހުރަސް އެޅޭ ފަދަ ސަލާމަތީ އެއްވެސް މައްސަލައެއް އަދި ސިއްހީ އެއްވެސް ކަމެއް މެދުވެރިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބަލިމަޑުކަމެއް އަދި ކަރަންޓީނު ކުރަންޖެހޭ ފަދަ އެއްވެސް ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވޭ. ގައުމުގެ ވެރިންގެ އިރުޝާދާ އެއްގޮތަށް ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވަރަށް ބުރަ އަދި ވަރަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދިން،" ސައޫދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު އަމީރު އަބްދުލް އަޒީޒް ބިން ސައޫދު ބިން ނާއިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްޖުގެ ކަންތައް އެހާ އޮމާން ގޮތެއްގައި ނިމިގެން ދިޔައީ، ސަލާމަތީ ބާރުތަކާއި، އެހެން އިދާރާތަކުން ގުޅިގެން ކުރި މަސައްކަތް ފުރިހަމަވުމުންނެވެ. އަދި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާވާފައިވާ ރޭވުންތަކާއި، ސިއްހީ މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ކަމާ ބެހޭ އިދާރާތަކުން ވަރަށް ފުރިހަމަ އަށް މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ހައްޖުގެ ދުވަސްވަރު ހައްޖުގެ އަޅުކަމުގައި ހިމެނޭ ސަރަހައްދުތަކުގެ އެއްގަމު ދަތުރުފަތުރުގެ ކަންތައް އިންތިޒާމުކޮށްފައި ހުރި ގޮތުން ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންނަށް ބޮޑު ލުޔެއް ލިބުނެވެ.
މިއަހަރުގެ ހައްޖުގައި ވެސް ސައޫދީ އަރަބިއްޔާގެ ރައްޔިތުންނާއި އެހެން ގައުމުތަކުން ހައްޖަށް އައި މީހުންނާ އެކު ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގައި ބައިވެރިވި އެވެ. މިއަހަރު ވެސް އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ވައިގެ މަގުން ކަމަށާއި، ކައިރި ގައުމުތަކުން އެއްގަމު މަގުންނާއި ކަނޑު މަގުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖަށް އައި ކަމަށް ސައޫދީން ބުނެ އެވެ.
ސަލާމަތީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތް އިރު ވެސް، އޮޅުވާލައިގެން ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އުޅުނު 17615 މީހަކު ސައޫދީ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވަޒީފާ ހުއްދައިގެ ދަށުންނާއި އެހެނިހެން ހުއްދައިގެ ދަށުން މައްކާގައި ދިރިއުޅެމުން އަންނަ މީހުންނެވެ.
އޭގެ އިތުރުން ހައްޖު ހުއްދަ ނެތި މައްކާ އަށް އެތެރެ ވާން އުޅުނު 202695 މީހަކު ވަނީ މައްކާ އަށް އެތެރެވާ ބޯޑަރު ސަރަހައްދުން އަނބުރާ ފޮނުވާލައިފަ އެވެ. އަދި މައްކާ އަށް އެތެރެވުމުގެ ލައިސަންސް ނެތި މައްކާއަށް އެތެރެ ވާން އުޅުނު 128999 އެއްގަމު އުޅަނދު ވެސް އަނބުރާ ފޮނުވައިލި އެވެ.
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
ހައްޖުގެ ތައްޔާރީތައް ނިމިއްޖެ
އެއާ އިންޑިއާގައި ޒަމްޒަމް ފެން އުފުލުން ހުއްދަކޮށްފި
ދިވެހި ހައްޖުވެރިން މަދީނާ ދަތުރުގައި
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް