ޕާކިސްތާނުން ފެނުނު އާދަޔާ ހިލާފަށް ކަންފަތް ދިގު ކުޑަކުޑަ ބަކަރިއެއް އިންޓަނެޓްގައި ވައިރަލްވެ، އެ ގައުމުގެ ސޯޝަލް މީޑިއާގައި ބޮޑު ތަރިއަކަށް ވެއްޖެ އެވެ.
08 ޖުލައި 2022
ޕާކިސްތާނުން ފެނުނު އާދަޔާ ހިލާފަށް ކަންފަތް ދިގު ކުޑަކުޑަ ބަކަރިއެއް އިންޓަނެޓްގައި ވައިރަލްވެ، އެ ގައުމުގެ ސޯޝަލް މީޑިއާގައި ބޮޑު ތަރިއަކަށް ވެއްޖެ އެވެ.
ސިމްބާ ނަމަކަށް ކިޔާ އެ ބަކަރި ފެނިފައި ވަނީ ޕާކިސްތާނުގެ ވެރި ރަށް ކަރާޗީ އިންނެވެ. ސިމްބާ އުފަންވީ މީގެ މަހެއް ކުރިންނެވެ. ވިހެއިރު ވެސް ސިމްބާގެ ކަންފަތް އޮތީ ވަރަށް ދިގުކޮށެވެ.
ސިމްބާ ލިބިފައި ވަނީ ދަނޑުވެރިކަން ކުރާ އާއިލާއެއްގެ އޮޅު ބަކަރިތަކުންގެ ތެރެއިން ބަކަރިއަކަށެވެ. މުހައްމަދު ހަސަން ނަރީޖޯ ނަމަކަށް ކިޔާ މީހެއްގެ އޮޅު ބަކަރިއަކަށް ލިބުނު ސިމްބާ ދިރިއުޅެމުން އަންނަނީ ވަރަށް ހަމަޖެހިލައިގެން ކަމަށް އޭނާ ބުންޏެވެ.
he is magnificent pic.twitter.com/Owzjc24gvp
— Wälf (@hupstory) July 7, 2022
މުހައްމަދު ބުނި ގޮތުގައި ސިމްބާގެ ކޮންމެ ކަންފަތެއްގެ ދިގުމިން ގާތްގަނޑަކަށް ދެފޫޓާ ގާތްކުރެ އެވެ. އެއީ ދުނިޔޭގެ ރެކޯޑަކަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ދުނިޔޭގެ އެންމެ ކަންފަތް ދިގު ޖަނަވާރުގެ ރެކޯޑު، ސިމްބާ އަށް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށް ވެސް ބުންޏެވެ.
"ސިމްބާ ވިހައިގެން 10 ވަރަކަށް ދުވަސްވީއިރަށް މީޑިއާތަކަށް އެނގިއްޖެ ސިމްބާގެ ވާހަކަ. ހުރިހާ އެންމެން ވެސް ސިމްބާގެ ވާހަކަ ދައްކަމުން ދިޔައީ،" މުހައްމަދު ބުންޏެވެ.
ސިމްބާގެ ކަންފަތް ދިގުކަމުން އެއަށް ހިނގަން އުނދަގުވާނެތީ އެ ކަމަށް ފަސޭހާ ކުރުމުގެ ގޮތުން ތަފާތު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ކަންފަތް ފަތް ޖަހާލުމަށް ފަހު، ކޮނޑުގައި ބޭއްވޭނެ ހާއްސަ ހާނެސްއެއް ހަދާފައިވާ ކަމަށް ބުންޏެވެ.
ކްލަބް ކުރިއަރުވަން ބަކަރިތަކެއް ގަނެފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ތާލިބާނުން ބައްދަލުކުރި ތޯހާ އެނބުރި ޕާކިސްތާނަށް
އަރަބި ކަނޑުން 2،000 ކިލޯ ޑްރަގް އަތުލައިގެންފި
ޕާކިސްތާނު ސުޕްރީމް ކޯޓު ދެ ފަނޑިޔާރަކު އިސްތިއުފާދީފި
"ޓެރަރިޒަމަށް ހައްލު ހޯދޭނީ ގައުމުތައް ގުޅިގެން"
އިސްލާމްއާބާދުގައި ބޮން ގޮއްވައި 12 މީހަކު މަރާލައިފި
ޕާކިސްތާނުގެ އިސް ޖެނެރަލަކު ރާއްޖެ ވަޑައިގެންފި
ގަތަރުން ޕާކިސްތާނާއި އަފްޣާނިސްތާން ސުލްހަކުރުވައިފި
ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާދީ އެތައްބަޔަކު މަރު