މިއަހަރުގެ އަލްހާ އީދާ ދިމާކޮށް މޯލްޑިވިއަން އިން ގާތްގަނޑަކަށް 40 ފްލައިޓް އިތުރުކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
09 ޖުލައި 2022
މިއަހަރުގެ އަލްހާ އީދާ ދިމާކޮށް މޯލްޑިވިއަން އިން ގާތްގަނޑަކަށް 40 ފްލައިޓް އިތުރުކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އިއްޔެ ވިދާޅުވީ އީދު ބަންދާ ދިމާކޮށް ކުރިމަތިވި ޑިމާންޑާ އެއްގޮތަށް، ފްލައިޓް އިތުރުކޮށްފައިވާ ކަމަށެވެ. ފްލައިޓްތައް އިތުރުކުރި ގޮތުގެ ތަފުސީލު ވެސް އޭނާ އިއްޔެ ކުރި ޓްވީޓެއްގައި ވެ އެވެ،
@MaldivianAero operates Daily
— Aishath Jennifer ⚖️ (@JenniferAishath) July 8, 2022
7 flights to KDM &GKK
6 flights to KDO,IFU,NMF,HAQ
5 flights to GAN
2 flights to RUL /FVM
1 flight to HDK
To HRF 3 weekly , TMF 2 weekly
In addition to these we have operated about 40 additional flights .
Eid Mubaarik everyone ?? https://t.co/b09GlJjZ6L
މޯލްޑިވިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް، އިތުރު ކުރި ފްލައިޓްތަކާ އެކު ޖުމްލަ 42000 ގާތްކުރާ އަދަދަކަށް ޕަސެންޖަރުން ދަތުރުކުރާނެ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި މާލެއިން ދަތުރުކުރާ ފްލައިޓް އިތުރުކޮށްފައި ވާނީ ފްލައިޓްތައް މަދުން ދަތުރުކުރާ އެއޕޯޓްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރުން ހޯރަފުއްޓަށް އިތުރު ހަތް ދަތުރު އަޅާފައިވާއިރު، އާންމުކޮށް ދުވާލަކު އެއް ދަތުރު ކުރާ ކުޅުދުއްފުއްޓަށް، އަށް ދަތުރު އިތުރު ކުރި ކަމަށް މުޝްއިލް ވިދާޅުވި އެވެ. އަދި ށ. ފުނަދު އަށް ފަސް ފްލައިޓް ވަނީ އިތުރުކޮށްފަ އެވެ.
"ދަރަވަންދު އަށް ވެސް އިތުރު ދެ ފްލައިޓެއް ދަތުރު ކުރި. އެއީ އާންމުކޮށް މޯލްޑިވިއަން އިން ދަތުރުކުރާ ތަނެއް ނޫން. އެކަމަކު އެ ރަށުގައި ރަސްްމީކޮށް އީދު ފާހަގަކުރާތީ ފްލައިޓްތައް ބޭއްވީ،" މުޝްއިލް ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުން ތިމަރަފުށްޓަށް އިތުރު ފަސް ފްލައިޓް އީދު ބަންދާ ދިމާކޮށް ވަނީ ބާއްވައިފަ އެެވެ. އަދި ފުވައްމުލަކަށް ތިން ފްލައިޓް އިތުރު ކުރި އެވެ. މޯލްޑިވިއަންގެ ބޮޑު ބޯޓު، އެއާބަސް ދަތުރު ކުރާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ދަތުރުތައް ވަނީ ގިނަކޮށްފަ އެވެ.
މުޝްއިލް ވިދާޅުވި ގޮތުގައި، ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލާ މި ހަފްތާގެ ދަތުރުތައް އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ބޮޑު އީދަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
އާ ރަންވޭ: ދަތި އުނދަގޫތައް މާޒީގެ ތެރެއަށް
އާ ރަންވޭ: އެންމެ ބޮޑު މައްސަލައިގެ ހައްލު
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
އިގްތިސާދީ ދުވެއްޔާ ގުޅިފައިވާ އެންމެ ބޮޑު އެއާޕޯޓް