Roadha Mihaaru
އީދު މަޖާ ހިއްސާކޮށްގެން ފޯނެއް ހޯދުމުގެ ފުރުސަތު

އީދު މަޖާ ހިއްސާކޮށްގެން އުރީދޫން ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

09 ޖުލައި 2022

މި އަހަރުގެ ބޮޑު އީދުގެ އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އުރީދޫން ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މި އަހަރުގެ ބޮޑު އީދުގެ އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އުރީދޫން ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 21 އެއް ލިބެ އެވެ.

އުރީދޫ ޓެގުކުރުމަށް ފަހު EidMajaa# ބޭނުންކޮށްގެން ފޮޓޯ ހިއްސާ ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. އަދި ހިއްސާ ކުރާ އެކައުންޓްތައް ޕަބްލިކް ކޮށް ބެހެއްޓުމަށް އުރީދޫން އެދުނެވެ.

ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމުގައި އީދު މަޖާ ހިއްސާކުރެވޭ އެ ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

އީދާ ދިމާކޮށް އުރީދޫން ހާއްސަ ޑޭޓާ ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖުގައި 100 ރުފިޔާ އަށް 100 ޖީބީ ޑޭޓާ ތިން ދުވަހަށް ލިބެ އެވެ.