Roadha Mihaaru
މިނިވަން ދުވަހާއި އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް

މިނިވަން ދުވަހާއި އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް

26 ޖުލައި 2020

އުރީދޫ އިން މިނިވަން ދުވަހާއި އަޟްހާ އީދާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫ އިން މިނިވަން ދުވަހާއި އަޟްހާ އީދާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނީ މިއީ މިނިވަން ދުވަހާއި އަޟްޚާ އީދާ ގުޅިގެން ލިބޭ ބަންދުގައި، ގޭގައި ތިބެގެން ވެސް ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ދޭ ހާއްސަ ހަދިޔާއެއް ކަމަށެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން އީދު ކޮމްބޯ ޕެކްގެ ނަމުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް ދުވަހަށް ބޭނުން ކޮށްލެވޭ އެއް ޖީބީގެ ޑޭޓާ އާއި އަން ލިމިޑެޓް ކޯލް ލިބޭނެ އެވެ. މި ހާއްސަ ޕެކޭޖް ލިބޭނީ 35ރ. އަށެވެ. މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް #1*929* އަށް ގުޅައިގެން ނުވަތަ ED 35 ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރެވޭނެ އެވެ.

މީގެ އިތުރުން "މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަ" ގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ތިން ދުވަހަށް ތިން ޖީބީ ޑޭޓާ 75ރ. އަށް ލިބޭނެ އެވެ. އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފާތައް މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްދާނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، މި އަހަރުގެ މިނިވަން ދުވަހާއި ބޮޑު އީދުގެ ޗުއްޓީ ގޭގާއި ތިބެގެން ފާހަގަކުރާ އިރު އުރީދޫގެ ހާއްސަ ޑޭޓާ ޕެކްތައް މެދުވެރިކޮށް އާއިލާ އާއި ގާތް ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ މުނާސަބަތުގައި މި ލިބޭ ބޮޑު ޗުއްޓީ ގޭގައި ފާހަގަކުރަންޖެހިފއި ވީއިރު، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާކުރުމަށް ކުޑަ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެން މި ތައާރަފްކުރި އޮފަ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން، ނިޔާޒް ވިދާޅުވި އެވެ.