Roadha Mihaaru
އުރީދޫ އީދު ހަދިޔާ: 50 ޕަސެންޓް ހިލޭ ޑޭޓާ

އީދު ހަދިޔާއެއްގެ ގޮތުން އުރީދޫ އިން 50 ޕަސެންޓް ހިލޭ ޑޭޓާ ދެނީ

12 ސެޕްޓެމްބަރ 2016

މިއަދު ފާހަގަކުރާ ބޮޑު އީދާ ގުޅިގެން އުރީދޫ އިން ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މިއަދު ފާހަގަކުރާ ބޮޑު އީދާ ގުޅިގެން އުރީދޫ އިން ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ އިން ނެރުނު ބަޔާނެއްގައި ބުނީ އުރީދޫގެ ޑޭޓާ ޕެކެއް ނެގުމުގެ ކުރިން *108# އަށް ގުޅުމުން ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ. މި ފުރުސަތު މާދަމާގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.

"ކުލަގަދަ ގޮތެއްގައި އީދު ފާހަގަކޮށް، އީދުގެ އުފާ ގާތްތިމާގެ މީހުންނާ ހިއްސާކުރަމުންދާ އިރު، އަޅުގަނޑުމެންގެ މި އީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން،" އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.

މީގެ އިތުރުން، ހައްޖު މޫސުމަށް ހާއްސަކޮށް، އެންމެ އަގުހެޔޮ ރޭޓުގައި ރާއްޖެއިން ސައުދީ އަށް ގުޅާލެވޭ އޮފާ އެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފަ އެވެ. އުރީދޫން ބުނީ ސައުދީ އަށް ގުޅާއިރު 011 + 966 + ނަންބަރު ޖެހުމުން، މިނެޓަކު އެންމެ 1.85ރ. އަށް ގުޅޭނެ ކަމަށެވެ. މި އޮފާ ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.