15 ޖުލައި 2022
ފުރާވަރު އަދި ޒުވާން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށާއި ނަފުސާނީ އެކި ކަހަލަ މައްސަލަތަކުގައި އުޅޭ ޒުވާނުން އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފުރާވަރު އަދި ޒުވާން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށާއި ނަފުސާނީ އެކި ކަހަލަ މައްސަލަތަކުގައި އުޅޭ ޒުވާނުން އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތުގެ ސައިންޓިސްޓުންތަކެއްގެ ދިރާސާއަކުން އެނގުނު ގޮތުގައި ޒުވާނުންގެ މެދުގައި ނަފުސާނީ ދުޅަހެޔޮކަން ދަނީ ހައްތާ ގޯސްވަމުންނެވެ.
އެ ދިރާސާ އަށް އިނގިރޭސި ވިލާތުގެ 100 ސްކޫލަކުން 29،000 އަށް ވުރެ ގިނަ ކުދިންގެ ހާލަތު ބަލައި، މައުލޫމާތު ނެގި އެވެ.
"ސްކޫލު ދުވަސްވަރަކީ ކުއްޖާގެ މުސްތަގުބަލަށް އެންމެ ބޮޑު އަސަރެއް ކުރާ އެއް ދުވަސްވަރު. މި ދުވަސްވަރު ވާ ކަންތައްތަކުގެ އަސަރު މުޅި އުމުރަށް ދެމިގެން ގޮސްދާނެ،" އެ ދިރާސާގައި ވެ އެވެ.
ދިރާސާ އިން އެނގުނު ގޮތުގައި ސްކޫލުގެ މާހައުލުގައި ހިނގާ ކަންކަމާ ގުޅިގެން ކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ގެއްލުން ވެ އެވެ. އަދި މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާއެކު، ދިރިއުޅުމަށް އައި ބަދަލުތަކުން ނަފުސާނީ ކަންކަން އިތުރުވި ކަމަށް ދިރާސާގައި ބުންޏެވެ.
އެ ކަންތައްތަކާ ގުޅިގެން ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑެތި އަސަރު ކުރަމުންދާ ކަމަށް ދިރާސާގައި ފާހަގަކުރެ އެވެ.
ޅަ އުމުރަކީ އިހުސާސްތަކާއި ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައްތައް ރަނގަޅަށް ދެނެގަންނަން އުނދަގޫ ދުވަސްވަރެކެވެ. ނަތީޖާއަކަށް ވަނީ ނަފުސާނީ ގޮތުން ގެއްލުންތައް ކުރިމަތިވުމެވެ. ދިރާސާ އިން ފާހަގަކުރަނީ އިހުސާސްތައް ސިފަކޮށް، ބުނެދޭން ނޭނގުމަކީ ނަފުސާނީ ދުޅަހެޔޮކަން ދުވަހުން ދުވަހަށް ގޯސްވެ، އެ ފަަދަ މައްސަލަތައް އިތުރުވާން ދިމާވާ ސަބަބެއް ކަމަށެވެ.
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި
ގާސިމްގެ ވައުދަކީ ޒަމާނީ ސިއްހީ ހިދުމަތެއް ދިނުން
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި
ނަފްސާނީ ބަލީގެ ވޭނަށް ވުރެ ފަރުވާ އުނދަގޫ: ރައީސް
ޝީޝާ/ވޭޕާއެކު، ޒުވާނުންގެ ފުއްޕާމޭގެ މައްސަލަ ބޮޑުވަނީ
ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެއްޖެ